ads
އާރިޔަން ހާން
އާރިޔަންގެ ބަންދުގެ މުއަދަތު އަނެއްކާވެސް އިތުރުކޮށްފި
ބޮލީވުޑްގެ މެގާ ސްޓާ ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރިޔަން ހާންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
Advertisement

އެންސީބީގެ ބެލުމުގެ ދަށަށް އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު އާރްޔަން ގެނެވިފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. އާރިޔަން އާއެކު އަށް މީހަކު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ.

އެންސީބީން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް އެމީހުން ބަންދުގައި ބޭތިއްބުމަށް މީގެ ކުރިން މުއްދަތު ޖަހާފައެވެ. މި މައްސަލައިގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި ވަނީ ބަންދުގެ މުއްދަތު އަނެއްކާވެސް 4 ދުވަހަށް އިތުރުކޮށްފައެވެ. 

ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައި މިވަނީ މި މަހުގެ 7 ވަނަ ދުވަހު އޮތް އަޑުއެހުމުގައެވެ. މި އަޑުއެހުމުގައި އާރިޔަން ގެ ބައްޕަ ޝާހުރުކް ވެސް ވަނީ ބައިވެރިވެފައެވެ. މި މައްސަލައިގައި ދެން އެންމެ އަވަހަށް އަޑުއެހުމެއް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އާރިޔަން ހައްޔަރުކޮށްފައިވަނީ އެންސީބީގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

އާރިޔަން ހައްޔަރުކުރެވުނު ވަގުތު އާރިޔަންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާކަމަށް ރިޕޯޓުތައް ބުނާއިރު، މި މައްސަލައިގެ އެންމެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އާރިޔަން ބަންދުގައި ބަހަށްޓަން ޖެހޭ ކަމަށް އެންސީބީން ބުނެއެވެ.  

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

މި ދަނޑިވަޅުގައި ޝާހްރުކް ހިތްވަރު ކުރުމަށާއި ކެތްތެރިވުމަށް ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ޝާހުރުކް އަށް ހިތްވަރުދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް