ޝޫޓިން ފެށުމަށް ފަހުގެ ތައްޔާރީތައް ވަމުންދާއިރު ފިލްމާއި ބެހޭ މާގިނަ ތަފްސީލެއް އަދި މީޑިއާތަކުގައި ހާމަކޮށްފައެއް ނުވެއެވެ.
“ދަ ލާސްޓް ހުރާ” އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީޑިއާ ތަކުގައި ބުނާގޮތުން ކާޖޮލް ހުރީ އެ ފިލްމުގައި އޭނާ ކުޅެންޖެހޭ ރޯލާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.
“ދަ ލާސްޓް ހުރާ" އަށް ސޮއިކުރި އިރު، އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ފިރިމީހާ އަޖޭ ދޭވްގަނާ އެކު ތާރީހީ ހަނގުރާމަ ފިލްމު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އިންނެވެ.
ކާޖޮލް ކުޅެފައިވާ ރީތި ފިލްމު ތަކުގެ ތެރޭގައި “ކުޗް ކުޗް ހޯތާ ހޭ” އާއި “ފަނާ” އަދި “ބާޒީގަރް” ފަދަ ފިލްމުތައް ހިމެނެއެވެ.