ހަސަންފުޅު މަރުވިއިރު އުމުރަކީ 76 އަހަރެވެ.
ކަށު ނަމާދު ނޯޓިސްގައިވާ ގޮތުން ހަސަންފުޅު މަރުވެފައިވަނީ ބެލެވޭ ގޮތުގައި ރޭގެ ވަގުތެއްގައެވެ.
ގިނަ ބަޔަކު ދަންނަ ހަސަންފުޅުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
ހަސަންފުޅަކީ ހެންވޭރުގައި ހުންނަ ގޯޅިއެއްގައި ގަރާޖް ހިންގަމުން އައި މީހެކެވެ. “ވޮންޑަ ވޯކްޝޮޕް” ގެ ނަމުގައި އެތަން ހިންގި ނަމަވެސް މަޝްހޫރުކަން ހޯދީ ހަސަންފުޅު ގަރާޖްގެ ނަމުގައެވެ.
ބައިސްކަލް މަރާމާތު ކޮށްދޭން ފެށި ހަސަންފުޅު ފަހުން ސައިކަލް ވެސް މަރާމާތުކޮށްދޭން ފެށިއެވެ. އޭނާގެ އެ ދިގު މުއްދަތުގައި ހިންގި ގާރާޖުން ގިނަ ބަޔަކު ވަނީ ހިދުމަތް ހޯދާފަ އެވެ. ހަސަންފުޅަކީ ގިނަ ދިވެހިންގެ ލޯބި ހޯދި ފަރާތެކެވެ.