ads
ފޮޓޯ: އާރްޓް އޮފް ސިރޫ/ފޭސްބުކް
ދޮންދޫނީގެ މޫސުން ފެށިއްޖެ: ނަމަވެސް އެތަކެތި ނުހިފުމަށް އީޕީއޭއިން އަންގައިފި
ދޮންދޫންޏާއި ދޮންދޫނިލޯފިނދަކީ މަދިރި ކޮންޓްރޯލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށް ވާތީ އެ ތަކެތި ހިފާ ގޯނާ ނުކުރުމަށް އީޕީއޭއިން އަންގައިފި އެވެ.
Advertisement

އެހެނިހެން އަހަރުތަކެއް ފަދައިން މިއަހަރުގެވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހެއްޓުމާބެހޭ ޤާނޫނު"ގެ ދަށުން ހެދިފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫންޏެވެ. 

މީގެ ތެރޭގައި ވަކި މޫސުމަކަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދޮންދޫންޏާއި، ދޮންދޫނިލޯފިނދު ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ދޮންދޫންޏަކީ ވަރަށް ގިނަ ބަޔަލު ކިރު އިލޮށީގައި ހިފާ ކުޑަކުޑަ ދޫންޏެކެވެ. ހާއްސަކޮށް ކޫޑަކުދިން މިދޫންޏަށް ވަރަށް ޝައުގުވެރިކަން ހުރެއެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާ ކަމަށާއި، އެގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާ ކަމަށެވެ. 

އީޕީއޭއިން ބުނީ މިމޫސުމުގައި ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނިލޯފިނދާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ، އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރާ ދިރުންތަކެއްކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. 

"އެހެންކަމުން މިދަނޑިވަޅުގައި، މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް ދަންނަވަމެވެ. އީޕީއޭއިން ބުނެފައިވެއެވެ.

އީޕީއޭއިން ބުނީ ހިމާޔަތްކުރެވިފައިވާ އެނޫންވެސް ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު އާއި
"ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށެެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން އެ އެޖެންސީން އަންގާ އެންގުންތަކާއި، އެ ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދެއްވުން އެދޭކަމަށް އީޕީއޭއިން ބުނެއެވެ. 

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް