ads
ސައިފް އަލީ ހާން
ގެ ކުއްޔަށް ދިނުމަކީ ކިހާވަރެއްގެ ބޮލުގަ ރިހުމެއްކަން ސައިފް އަށް އެންގިއްޖެ!
ގެ ކުއްޔަށް ދިނުމަކީ ކިހާވަރެއްގެ ބޮލުގަ ރިހުމެއްކަން މިހާރު އެނގިއްޖެ ކަމަށް ބޮލީވުޑްގެ ކާމިޔާބު ތަރި ސައިފް އަލީ ހާން ބުނެފިއެވެ.

މި ހަފްތާގެ “ދި ކަޕިލް ޝަރްމާ ޝޯ” ގެ ޕްރޮގްރާމުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެގެން ދެކެވުނު ވާހަކައެއްގައި ސައިފް ވަނީ ގެ ކުއްޔަށް ދިނުމުން ކުއްޔަށް ހިފާ ފަރާތުގެ އުނދަގޫ ޖެހޭ ވަރާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

ސައިފް އާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ކުރިން ދިރިއުޅުނު ގެ ދޫކޮށްލައި އާ ގެއަކަށް މިއަހަރުގެ ކުރީ ކޮޅު ވަނީ ބަދަލުވެފަ އެވެ. ސައިފް އާއިލާ އާއިއެކު ކުރިން ދިރިއުޅުނު ގެ މީގެ ދެތިން މަސް ކުރިން ވަނީ ކުއްޔަށް ދީފަ އެވެ. 

އެހެން ނަމަވެސް ގެ ކުއްޔަށް ދިނުންވީ ސައިފް އަށް ބޮލުގެ ރިހުމަކަށެވެ. ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސައިފް ބުނީ ކޮންމެސް މައްސަލައެއް އުޅޭތީ ގެ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން ކޮންމެ ދުވަހަކުހެން ގުޅާ ކަމަށެވެ. ސައިފް އިތުރަށް ބުނީ އޭސީ ހަލާކުވެގެން، ނުވަތަ ކޮންމެސް ތަނެއްގައި ލީކެއް އުޅޭތީ ގުޅާފާނެ ކަމަށެވެ. އެހެންކަމުން ގެ ކުއްޔަށް ދިނުމުގެ ހުރި ބޮލުގަ ރިހުން މިހާރު އެނގޭ ކަމަށް ސައިފް ބުންޏެވެ.

ސައިފް ބުނީ އެ މައްސަލަތައް ހައްލު ކުރަން މި ވޭތުވެދިޔަ ދުަވަސްތަކުގައި މީހުން ހޯދައި މަސައްކަތް ކުރުވުމުގައި އިސްކޮށް އުޅުނީ އޭނާ ކަމަށެވެ. އެހެންނަމަވެސް އެކަމަށް ހައްލެއް ނުލިބުމުން އެ ގޭގެ ކަންކަން ހަމަޖައްސަން މެނޭޖަރެއް ހަމަޖައްސައި، މިހާރު ވަޒީފާ ދީފައިވާ ކަމަށެވެ.

އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު ހިސާބު ކަމަށްވާ ބަންދްރާގައި ހުންނަ ސައިފް އަދި ކަރީނާ ކުރިން އުޅުނު އެ ގެ މިއަހަރު ނިމެންދެން ކުއްޔަށް ދީފައިވަނީ މަހަކު 3.5 ލައްކަ އިންޑިއަން ރުޕީސް އަށެވެ. ތިން އަހަރަށް ކުއްޔަށް ދީފައިވާ އެގެއަށް އަންނަ އަހަރު މަހަކު ދައްކަން ޖެހެނީ 3.67 ލައްކަ ރުޕީސް އެވެ. އަދި ޖެހިގެން އަންނަ އަހަރު 3.87 ލައްކަ ރުޕީސް މަހަކު ދައްކަން ޖެހެ އެވެ. އެ ގެއަކީ 1،500 އަކަފޫޓުގެ ގެއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް