ads
އިންޑޯ ކުރިކެޓް އިފްތިތާހް ކޮށްދެއްވުން -- ފޮޓޯ : ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިންޑޯ ކުރިކެޓް އިފްތިތާހު ކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލްގައި، ޕްލެޔަރސް ލައުންޖު ހުޅުވައިދެއްވައި 'ހިތާރޫޙުން ކުޅޭށެ ކުރިކެޓް' ލޯގޯ އަދި އިންޑޯ ކުރިކެޓް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ޕްލެޔަރސް ލައުންޖު ހުޅުވައިދެއްވައި އެތަން ބައްލަވައިލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްއާއި މިލާން ކުރިކެޓް އެކަޑަމީގެ ކޯފައުންޑާ އަދި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕްލެޔަރސް ލައުންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކުރިކެޓް އެކަޑަމީ ކަމުގައިވާ މިލާން ކުރިކެޓް އެކަޑަމީގެ ފަރާތުން 'ޖަލީލް މާލަމް' ގެ ނަމުގައި ތަރައްގީކޮށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހަދިޔާކޮށްފައިވާ ލައުންޖެކެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި އިންޑޯ ކުރިކެޓް އިފްތިތާހްކުރުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗްގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ސޯލިހްގެ ނައިބު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެގޮތުން ރައީސް ސޯލިހް ކުޅުއްވީ 'ޕްރެޒިޑެންޓް އިލެވަން' ޓީމަށެވެ. އަދި ރައީސް ސޯލިހްގެ ނައިބު ކުޅުއްވީ 'ވައިސް ޕްރެޒިޑެންޓް އިލެވަން' ޓީމަށެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ އިންޑޯ މެޗް ކާމިޔާކުރީ ރައީސް ސޯލިހްގެ ނައިބުގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުންނެވެ. ރައީސް ސޯލިހްގެ ނައިބުގެ ކެޕްޓަނުކަމުގައި ކުޅުނު ޓީމުން 10 އޯވަރުގެ ތެރޭގައި 89 ލަނޑަ ހަދާފައިވާއިރު ރައީސް ސޯލިހްގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުން 12 އޯވަރުގެ ތެރޭގައި ހެދުނީ 85 ލަނޑެވެ.

މި މެޗަށްފަހު ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ 'ހިތާ ރޫހުން ކުޅޭށެ ކުރިކެޓް'ގެ ލޯގޯ ވެދުމަށް އަރުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް