ads
ޝާހްރުކް ހާން
ބޮޑެތި ކުންފުނިތަކުން ޝާހްރުކް އާއެކު މަސައްކަތް ހުއްޓާލަނީ
މިދުވަސްކޮޅު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ބޮލީވުޑްގެ މެގާ ސްޓާ ޝާހްރުކް ހާންގެ ދަރި އާރިޔަން ހާން ޑްރަގް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ވާހަކަ އެވެ. އާރިޔަން ހައްޔަރުކުރުމާއެކު ޝާހްރުކް އޭނާގެ މުޅި ހަޔާތުގައި ހޯދި ގަދަރާއި އިހުތިރާމެއް ވެއްޔާއި މޮޑެވި ދިޔައީއެވެ.
Advertisement

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޝާހްރުކް އަށް ދަރިން ބަލަން ވަގުތު ނުވީ ކަމަށެވެ. އަދި ދަރިން ނުބެލުނީ ކަމަށެވެ. 

މީހުންގެ ފާޑުކިޔުންތައް ޝާހްރުކް އަށް އަމާޒްވާން ފެށުމުން  އޭނާ އެންޑޯޒް ކުރަމުން އައި ބްރޭންޑްތަކުން މިވަނީ އެ ބްރޭންޑް ތަކުގެ އެމްބަސެޑާގެ މަގާމުން ވަގުތީ ގޮތުން ޝާހްރުކް އެއް ފަރާތް ކުރަމުންނެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހްރުކްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އިސްތިހާރު ކުރުމުގެ ދާއިރާ އިން އެންމެ ބޮޑު މުސާރައެއް ދޭ ކުންފުނި ބިޖޫ އިން ވެސް ވަނީ ވަގުތީ ގޮތުން ޝާހްރުކް އާއެކު މަސައްކަތް ނުކުރަން ނިންމާފަ އެވެ.

އާރިޔަން ހައްޔަރުކޮށްފައިވަނީ އެންސީބީގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ ތިން ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

އާރިޔަން ހައްޔަރުކުރެވުނު ވަގުތު އާރިޔަންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާކަމަށް ރިޕޯޓުތައް ބުނާއިރު، މި މައްސަލައިގެ އެންމެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އާރިޔަން ބަންދުގައި ބަހަށްޓަން ޖެހޭ ކަމަށް އެންސީބީން ބުނެއެވެ.  

އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ. 

މި ދަނޑިވަޅުގައި ޝާހްރުކް ހިތްވަރު ކުރުމަށާއި ކެތްތެރިވުމަށް ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ޝާހުރުކް އަށް ހިތްވަރުދެމުންނެވެ.

47%
ކަމުގޮސްފި
37%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް