މިއީ އިންޑިއާ ސަރުކާރުގެ އެހީއާއި އެކު އިމާރާތް ކުރަމުން އަންނަ ތަނެކެވެ.
" ކޮންސްޓްރަކްޝަން މަސައްކަތުގެ ވަރަށް ބޮޑު ބައެއް ވަނީ ނިމިފައި. ކުރިއަަށް އޮތް މަހެއް ނުވަތަ ދެމަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީޕީ ވިދާޅުވިއެވެ.
އެހެންނަމަވެސް އެތަނުގައި ކުރަންހުރި މަސައްކަތްތަކަށް ބަލާފައި އިތުރު ވަގުތު ބޭނުންވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
2012 ވަނަ އަހަރުގައި ސޮއި ކުރި މިޕްރޮޖެކްޓަކީ ހިލޭ އެހީގައި ތަމްރީން މަރުކަޒެއް ގާއިމް ކުރުމަށް ސޮއި ކުރެވުނު އެއްބަސް ވުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވެފަި ވެއެވެ. އެހެންނަމަވެސް އެއްބަސްވުމަށް މިހާރު ގެނެސްފައިވާ ބަދަލުތަށް އެނގޭނީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކަމުގައި ވަނީ ވިދާޅުވެފައެވެ.