ads
ކުޅުދުއްފުށީގައި ބޭއްވި ސަރަހައްދީ ބައްދަލުވުން
ހދ. އަތޮޅުގެ ބޮޑު ތަސައްވުރަކީ އެއްފަސްކުރުން
ހދ. އަތޮޅު ތަރައްގީގެ ބޮޑު ތަސައްވުރަކީ ހުޅަނގު ބިތުގެ ހަތަރު ރަށް އާބާދުކުރާ ގޮތަށް އެއްފަސްކުރުން ކަމަށް ހދ. އަތޮޅުގެ 2040 ތަސައްވުރު އެކުލަވާލަން ބޭއްވި މަހާސިންތާގެ ބައިވެރިން ހުށަހަޅައިފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މި ރަށުގައި ބޭއްވި މަހާސިންތާގައި، 2040 ގެ ތަސައްވުރު އެކުލަވާލައި ނުނިމުނު ނަމަވެސް، އަތޮޅު ތައްގީ ކުރަން ބޭނުންވާ ގޮތުގެ ހިޔާލުތައް ވަނީ އެއްކޮށްފަ އެވެ. 

އަތޮޅުގެ ހުރިހާ ރަށަކުން 100 ވަރަކަށް މީހުން ބައިވެރިވި މި ބައްދަލްވުމުގައި 13 ރަށުގެ ބަދަލުގައި ހދ. ގެ ފަސް ރަށެއް ތަރައްގީ ކުރުމަށް ބައިވެރިން ހިޔާލު ހުށަހަޅާފައި ވެއެވެ. މިގޮތުން ތަރައްގީ ކުމަށް ކަނޑައަޅީ ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ކުޅުދުއްފުށި އަދި ކުމުންދޫ އެވެ. މީގެ އިތުރުން މަކުނުދޫ އާއި މަކުނުދޫ ހިމެނޭ 17 ކީލޯ މީޓަރުގެ ބޮޑު ފަޅު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެސް ހިޔާލު ހުށަހަޅާފައި ވެ އެވެ. ހާސިލުުކުރަން ބޭނުންވާ އަމާޒަކީ 2040 އަންނައިރު، ބްރިޖަކުން ނުވަތަ އެނޫން ގޮތަކުން މި ރަށްތައް ގުޅާލެވިގެން ދިއުން ކަމަށް ބައިވެރިން ހުށަހެޅި އެވެ.

your imageހދ.ބައްދަލުވުމުގެ ތެރެއިން

ޖުމްލަ ކޮށް ހުރިހާ ބައިވެރިންގެ އެންމެ ބޮޑު އެއް އުއްމީދަކީ ރާއްޖޭގެ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ހދ. އަތޮޅު ވެގެން ދިއުމެވެ. މިގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އިތުރުން، މުޅި އަތޮޅަށް ވެސް އެންމެ މުހިންމީ ކޮންޓޭނާ މުދާ އުފުލާ ބޯޓު ފަހަރު ކައިރި ކުރެވޭނެ ވިޔަފާރި ބަނދަރެއްކަން މަހާސިންތާގައި ފާހަގަ ކުރި އެވެ. 

ކުޅުދުއްފުށީ ގައި އޮންނަނީ ކޮންޓޭނާ ބޯޓު ފަހަރު ގާތްކުރެވޭ ވަރަށްވުރެ މާ ކުޑަ ބަދަރަކަށް ވުމުން، އެ ބަދަރުގެ ފައިދާ ފުރިހަމަ ގޮތެއްގައި ލިބިގެނެއް ނުދެ އެވެ. ހދ. ޝިޕިން ލައިނެއް އުފެއްދުމުގެ ހިޔާލު ވެސް މި ބައްދަލުވުމުގައި ފާޅު ކުރި އެވެ.

ތައުލީމު ފުޅާކުރުމަށްޓަކައި ބޭރުގެ ޔުނިވާސިޓީ އެއް ގެނައުމާއި، ތަފަތު މޮޑެލްތަކުގެ އިންޓަނެޝަނަލް ސްކޫލްތައް ގެނައުމަށް ވެސް ހިޔާލު ހުށަހަޅާފައި ވެ އެވެ. އަތޮޅުގައި ގިނަ ހިދުމަތްތަކަށް ހާއްސަވާ ހޮސްޕިޓަލްތައް ހުރުމަށް ވެސް ރައްޔިތުން ތަމްސީލުކުރާ މަންދޫބުން އެދުމެވެ.

އަތޮޅުގެ ހުރިހާ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ މާލެ ނުގޮސް ވާނެ ގޮތަށް، މާލެއަށް ވުރެ ހުރިހާ ކަމެއް ފަސޭހަ އަދި ފުރިހަމަކޮށް ހިދުމަތް ތަކެއް 2040 އަންނައިރު މި އަތޮޅުގައި ލިބެން ހުރުމެވެ.

your imageތިލަދުންމަތީ ބައްދަލުވުން

ހދ. އަތޮޅު ކަައުންސިލުން މި ރަށު ކައުންސިލާއި ގުޅިގެން އިންތިޒާމުކުރި މަހާސިންތާގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ހަނިމާދޫ ދާއިރާ މެންބަރު އަބްދުލްޣަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަތެވެ.

ޣަފޫރު ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމަކީ މިހާރުގެ ސަރުކާރުގެ ސިޔާސަތަށް ނުވި ނަމަވެސް ރައްޔިތުން އެދޭނަމަ ސަރުކާރުން އެކަމަށް ތާއީދު ކުރާނެ ކަމަށެވެ. މަހާސިންތާގައި ފާޅުކުރި ގިނަ ހިޔާލު ތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި ވަރަށް އެއްގޮތް ހިޔާލު ތަކެއް ކަމަށް އޭނާ ވިދާލުވި އެވެ. 

ހދ. އަތޮޅުގެ ތަސައްވުރު ހާސިލު ކުރުމަށް ހދ. އަތޮޅުގެ ހަ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައި ގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ހދ. އަތޮޅު ކައުންސިލް އިން ބުނީ މަހާސިންތާ އިން ލިބުނު ހިޔާލު ތަކަށް ފަންނީ ބޭފުޅުންނާއި ޕޮލިސިީ ލެވަލްގައި މަޝްވަރާ ކުރާނެ ކަމަށެވެެ. ވިހިސާޅީހުގެ ތަސައްވަރު ކަނޑައަޅާނީ އެއަށްފަހު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް