ads
އިސްލާމިކް މިނިސްޓްރީ--
ޒަކާތު ޕޯޓަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ
ޒަކާތުގެ ކަންކަން ހަރުދަނާކޮށް ޢާންމުންނަށް ވީހާވެސް ފަސޭހަގޮތެއްގައި ޒަކާތާގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ޕޯޓަލް އެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

މިކަމާއި ގުޅޭގޮތުން ކޮށްފައިވާ އިއުލާނެއްގައި، ބުނެފައިވަނީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރައްވާ، އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ބައްދަލުވުން އޮންނަނީ 11 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ 09:00 ގައި މި މިނިސްޓްރީގައެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ވަނީ އެދިފައެވެ. ރަޖިސްޓަރކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-   އިޢުލާން ނަންބަރު/ކޮންމަސައްކަތެއްކަން އެނގޭގޮތަށް

-    ހުށަހަޅާ ފަރާތުގެ ނަން (އަމިއްލަ ފަރުދަކު ނަމަ ނަން، އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު)

-   ގުޅޭނެ ފޯނު ނަންބަރު

-  އީމެއިލް އެޑްރެސް

-  މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނަނީ 17 އޮކްޓޫބަރ 2021 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް