ads
އިންޑިޔާ ނޭޕާލު މެޗުގެ ތެރެއިން
ނޭޕާލު އަތުން އިންޑިޔާ މޮޅުވެއްޖެ
ސާފް ޗެމްޕިއަންޝިޕުގައި އާދިއްތަ ދުވަހުގެ ރޭ އިންޑިޔާއާ ނޭޕާލު ކުޅުނު މެޗުން އިންޑިޔާ މޮޅުވެއްޖެއެވެ.

އިންޑިޔާއާ ނޭޕާލު ކުޅުނު މެޗުން އިންޑިޔާ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މިއީ މި މުބާރާތުގައި އިންޑިޔާ މޮޅުވި ފުރަތަމަ މެޗެވެ. މެޗުގެ ހަމަ އެކަނި ލަނޑު މެޗުގެ އެންމެ ފަހުކޮޅުގައި ޖެހީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. އިންޑިޔާ ކުރިން ކުޅުނު ދެ މެޗުންވެސްވަނީ އެއްވަރު ވެފައެވެ. އެއީ ލަންކާއާ އަދި ބަންގްލަދޭޝްއާއެވެ. ލަންކާ މެޗު ލަނޑެއް ނުޖެހި އެއްވަރުވީ އިރު ބަންގްލަދޭޝް މެޗުން އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. އެ ދުވަހުވެސް ލަނޑު ޖެހީ ޗެތްރީއެވެ. 

މި ނަތީޖާއާއި އެކު މުބާރާތުގެ ފައިނަލުން ޖާގަ ހޯދާނެ ޓީމުތައް އެނގޭނީ ބުދަ ދުވަހުގެ މެޗުތަކުންނެވެ. އެއީ ލީގު ބުރުގެ ފަހު ދެ މެޗުވެސް ކުޅޭ ދުވަހެވެ. ބުދަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ނޭޕާލު ކުޅޭ އިރު ބުދަ ދުވަހުގެ ރޭ ކުޅޭނީ އިންޑިޔާއާ ރާއްޖެއާއެވެ. ނޭޕާލާ ރާއްޖެއަށް އެ ދުވަހުގެ މެޗުތައް އެއްވަރުކޮށްލައިގެންވެސް ފައިނަލަށް ދެވޭނެއެވެ. އިންޑިޔާ އަދި ބަންގްލަދޭޝްއަށް އޮތީ މޮޅުވުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް