ads
ބޭންކް އޮފް މޯލްޑިވްސް އިން ލޭ ހަދިޔާ ކުރަނީ
ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުން: ބީއެމްއެލް އިން ދެކެނީ މުހިއްމު ކަމެއްގެ ގޮތުގައި!
އިއްޔެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެވެ. މި ދުވަސް ރާއްޖޭގައިވެސް ފާހަގަކުރަމުންދާއިރު އެންމެ އުފާވެރިކަމެއްގެ ގޮތުގައި މިދުވަސް ފާހަގަކޮށްލަންޖެހެނީ ބޭންކް އޮފް މޯލްޑިވްސްއިން އިސްނަގައިގެން ފަށަން ނިންމި ޕްރޮގްރާމެވެ.

އެ ބޭންކުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް މިއަދު އެޅި ފިޔަވަޅުގެ ސަބަބުން އަންނަން އޮތް ޖީލަށް އެކަމުގެ އެތައް ފައިދާއެއް ކުރާނެއެވެ. ރާއްޖޭގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުންވެސް މިއީ މިސާލަކަށް ބަލައިގެން ކުރިއަށް ގެންގޮސްފިނަމަ ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖެއަކީ ނިސްބަތުން ބަލާއިރު ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް އޮތް ގައުމަކަށް ވުމަކީ ދުރުކަމެއް ނޫނެވެ.

your imageބީއެމްއެލް މުވައްޒަފެއް: ންފަސާނީ ދުޅަހެޔޮކަން މުހިއްމު

ބީއެމްއެލުން މިވަނީ އެތަނުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، އެ ޚިދުމަތް ދޭ އިދާރާތަކާ ގުޅިގެން ސަޕޯޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޚިދުމަތާއި ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ހަރަކާތްތައް ހިންގުމަށް ނިންމާފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވި ފަދައިން ރާއްޖޭގެ އެހެން އޮފީސްތަކުންވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހެ އެވެ. އެކަމަށް މަސައްކަތްވެސް ކުރަންޖެހެ އެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ނުރައްކާތެރި ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައިވެސް ވަނީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހިފަ އެވެ. ބްލޫ ހަރޓްސްއާއި މެންޓަލް ހެލްތް ސަޕޯޓް ގްރޫޕުން މިއަދާ ގުޅިގެން ނެރެފައިވާ، ގުޅިފައިވާ ބަޔާނުގައިވެސް ބުނެފައިވާ ފަދައިން ކޯވިޑް-19އާއި ގުޅިގެން ގިނަބަޔަކު ވަނީ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންޖެހި، އެކަމަށް ފަރުވާ ހޯދާފަ އެވެ.

މިފަރުވާ ނުލިބި އަދި ކިއުގައި އެތައް ސަތޭކަ ބަޔަކު ތިބިއިރު،  ގުޅިގައިވާ މި ސްޓޭޓްމަންޓްގައި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ބޭނުންވާ ގިނަ ކަންތައްތައް ފަހިކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

ރާއްޖޭގައި އާސަންދައިގެ ފަރުވާގެ ދަށުން ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެކަށީގެންވާ ޚަރަދު ކަވަރު ނުކުރެވޭކަން ފާހަގަކޮށް  އެކަމަށް ފަހި ގޮތެއް ހަމަޖައްސައިދިނުމަށްވެސް ވަނީ އެދިފަ އެވެ.

your imageފޮޓޯ : ބީއެމްއެލް

އަދި ރާއްޖޭގައި މި ޚިދުމަތްދޭ ހޮސްޕިޓަލުތަކުގައި އެކަމަށް އެންމެ އެކަށޭނެ ގޮތަށް ޚިދުމަތް ނުދެވޭކަމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޓަރޝަރީ ހޮސްޕިޓަލުތަކުގެ ތެރެއިން ގދ. ތިނަދޫގައި ހުރި ހޮޕިޓަލުން ނަފްސާނީ ބަލީގެ ފަރުވާ ލިބެން ނެތްކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ރާއްޖޭގައި ގިނަ ބަޔަކު ވަޒީފާގެ މާހައުލުގައި އުޅޭއިރު ނަފްސާނީ ދުޅަހެޔޮކަމަކީ މުހިންމު ކަމެކެވެ. އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ޑރ މުޙައްމަދު އަލީ ފާހަގަ ކުރައްވާ ގޮތުގައި މަސައްކަތުގެ މާހައުލުން ދިމާވާ ސްޓްރެސް ފަދަ ކަންތައްތަކުގެ ސަބަބުން މެންޓަލް ޓޯޗަރގެ ތެރޭގައި އުޅެން ޖެހިފައި ވެއެވެ.

އެހެންކަމުން ބީއެމްއެލްއިން ފެށި މި މަސައްކަތުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު ކުރިއެރުމެއް ލިބި މުއައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، މަސައްކަތުގެ މާހައުލަކީވެސް އުފާވެރި ތަނެއްގެ ގޮތުގައި ވެގެން ދާނެކަން ކަށަވަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް