ads
މިނިސްޓަރު އިމްރާން މިއަދުގެ ޖަލްސާގައި ސުވާލުތަކަށް ޖަވާބު ދެއްވަނީ
އޮފިސަރަކު ގައިދީއަކަށް އަނިޔާއެއް ކޮށްފިނަމަ އޮފިސަރެއްގެ ގޮތުގައި ނުހުންނާނެ: އިމްރާން
އޮފިސަރަކު ޖަލުތެރޭގައި ގައިދީއަކަށް އަނިޔާ ކޮށްފިނަމަ އެއޮފިސަރަކަށް އޮފިސަރެއްގެ ގޮތުގައި ނުހުރެވޭނެކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އެފަދަ ދެތިން ހާދިސާއެއް ޖަލުގައި ހިނގާފައިވާ ކަމަށާއި އެ އޮފިސަރުންގެ ތެރެއިން ބައެއް އޮފިސަރުން ވާނީ ވަކި ކޮށްފައިޮ ކަމަށާއި، އނެއްބައި އޮފިސަރުން ވާނީ ކަމާ ގުޅުން ހުރި މިންވަރަކުން ރޭންކު ދަށްކޮށްފައި ކަމަށް އިމްރާން ވިދާޅުވިއެވެ. 

އިމްރާން މި ޖަވާބު ދެއްވީ ހޯރަފުށީ ދާއިރާގެ މރންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ސަލީމް ކުރެއްވި ސުވާލަކީ ރާއްޖޭގެ ޖަލުތަކަކީ އަނިޔާވެރި ބިރުވެރި ޖަލުތަކެއް ކަމަށް މަޝްހޫރު ވެފައިވާ ޖަލުތަކެއް ކަމަށާއި، މިހާރު އެފަދަ އަނިޔާވެރި އަމަލެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވަފާނެ ތޯއެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގައި އަނިޔާ ނުކުރުން ނުވަތަ އަނިޔާ ކުރުން ހުއްޓުވުމަކީ މިސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ. އެގޮތުން މިވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ޖަލުތަކާބެހޭ އޮޑިޓް ރިޕޯޓެއް ހަދާފައިވާނެ ކަމަށާއި، އެ ރިޕޯޓު މުރާޖައާ ކުރުމަށް ހަފްތާއަކު ދެފަހަރު ބައްދަލުވުން ބާއްވަމުން ދާކަމަށެވެ.

އަދި އެކަމާ ގާނޫނަށް ގެންނަންޖެހޭ ބަދަލާ ބަޖެޓާ ގުޅޭ ކަންކަން ވެސް ކުރަމުން ގެންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. މިސަރުކާރުން ޖަލުގެ ކަންކަން އިސްލާހު ކުރުމަށް ކުރި އެންމެ ފުރަތަމަ ކަމަކީ ޖަލުގައި ކުރެވޭ އަނިޔާ ހުއްޓުވުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. 

އިމްރާން ވިދާޅުވީ ޖަލުތަކުގައިވެސް ތިބެނީ ދިވެހީން ކަމަށާއި ފަހަރެއްގައި ދިވެހީންގެ އާދަ ހުންނަގޮތުން ދިވެއްސެއްގައިގައި ނުރަނގަޅު އާދައެއް ހުރެދާނެ ކަމަށާއި، އެކަމަކު އެފަދަކަމެއް ހިނގައިފިނަމަ ބަލާ ކަމަށެވެ. 

ދިވެހި ޖަލުތަކަކީ ޒަމާނުއްސުރެ އަނިޔާވެރި އަމަލު ތައް ހިންގާފައިވާ ޖަލުތަކެއެވެ. އަދި ކުށްވެރިންނަށް އަނިޔާ ކުރާ ވާހަކައަނި އަބަދުވެސް ދައްކަ ވާހަކަ ތަކެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް