ads
ކީޕަރު ފައިސަލް
ފައިސަލް އޯކޭ، އިންޑިޔާ މެޗުގައި ކުޅޭނެ
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ ސްރީ ލަންކާ އާދިއްތަ ދުވަހު ކުޅުނު މެޗުގައި އަނިޔާ ވެގެން ބޭލި ރާއްޖޭގެ ކީޕަރ މުހައްމަދު ފައިސަލް މިހާރު ރަނގަޅު ކަމަށާއި، އިންޑިޔާ މެޗުގައި އޭނާ ކުޅޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ސުޒޭން ބުނެފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ޓީމުގެ ކޯޗު ސުޒޭން ބުނީ  ފައިސަލް މިހާރު އޯކޭ ކަމަށެވެ. އަދި އިންޑިޔާ މެޗުގައި ފައިސަލް ކުޅޭނެ ކަމަށް ސުޒޭން ބުންޏެވެ. ރާއްޖެއާ އިންޑިޔާ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭއެވެ. ފައިސަލްގެ އިންޖަރީއާ ގުޅޭ ގޮތުން ސީއެންއެމާ ވާހަކަ  ދައްކަމުން ޓީމުގެ މެޑިކަލް އަބްދުއްރާފިއު ބުނީ ފައިސަލަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ.

ފައިސަލްއަށް ކުޅެވޭނެ އިރާދަ ކުރެއްވިއްޔާ. ފައިގެ ފަލަމަސްގަނޑުގެ އެތެރެއަށް ވަރަށް ބޮޑު ކުއްލި ތަދެއް އެރީ. މާ ބޮޑު އަނިޔާއެއް ނެތްލިބިފައެއް. މިހާރު ދަނީ ފަރުވާ ނަގަމުން އަދި ތަދަށް ވަރަށް ބޮޑު ކުރިއެރުން އެބަލިބޭ

ފައިސަލްއަކީ ދިވެހި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ދެހާސް އަށާރަވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ރާއްޖޭގެ މުހައްމަދު ފައިސަލްއެވެ. 

އާދިއްތަ ދުވަހު ރާއްޖެއާ ލަންކާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ފައިސަލްއއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާވަނީ ބާލާފައެވެ. މެޗުގެ ބޮޑު ބައިގައި ފައިސަލްގެ ބަދަލުގައި ދިވެހި ޓީމުގެ ގޯލް ބެލެހެއްޓީ މުހައްމަދު ޝަފީއުއެވެ. ޝަފީއު ކުޅެން ނުކުތީ މެޗުގެ ތިރީސްވަނަ މިނިޓްގައެވެ.

73%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް