ads
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
ސެޕްޓެމްބަރ މަހުގެ ނިޔަލަށް 1.98 ބިލިއަން ރުފިޔާ މީރާއިން ބަލައިގެންފި
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ( މީރާ ) އިން 1.98 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މިއީ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ބަލައިގެންފައިވާ އަދަދު ކަމަށް މީރާއިން މައުލޫމާތުދެއެވެ. މިއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު %133.5 އިތުރު އަދަދެކެވެ. އަދި އަންދާޒާ ކުރި އަދަދަށް ވުރެ އިތުރަށް %8.6 ލިބިފައި ވެއެވެ.

މީރާއިން މިއަދު ނެރުނު ރިޕޯޓުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް ލަފާ ކޮށްފައިވަނީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމުގަ އެވެ.

ސެޕްޓެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް އެވެ. އެއީ %37.6  ނުވަތަ 745.00 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ %27.9 ނުވަތަ 553.11 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410.14 މިލިއަން ރުފިޔާ (%20.7)، ގްރީން ޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ (%3.7)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ (%2.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 147.98 މިލިއަން ރުފިޔާ (%7.5) ލިބިފައިވާ ވާކަމަށް ރިޕޯޓުގައި ވެއެވެ.

ސެޕްޓެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. އެހެންނަމަވެސް ކޮވިޑް 19 ކޮންޓްރޯލް ކުރެވި ރާއްޖޭގެ އިގްތިސާދު ދަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް