އެމްޓީސީސީން ސައިޓް މޮބިލައިޒް ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި މަޝްރޫއު އާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ވަރަށް އަވަހަށް މެއިންޓެއިނެންސް މަސައްކަތްތަކެއް ކުރަން ހަމަޖެހިފައި ވާކަމަށެވެ.
ކިނޮޅަހު ބަނދަރު މައްސަލަ ހައްލުކުރުން -- ފޮޓޯ : އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ފަޅު އަލުން ކޮނުމާއި، ނެރުން ވެލިނެގުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވާކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ކިނޮޅަހު ބަނދަރަށް ވެލިއަރައި ބަންދުވެފައި އޮތުމުން، އުޅަދުފަހަރަށް ނުވަދެވޭތީ އެ ރަށު ރައްޔިތުން ވަނީ އަޑުއުފުލާ، މި މައްސަލަ އަވަސް މުއްދަތެއްގައި ހައްލުކޮށްދިނުމަށް މީގެ ކުރިން ސަރުކާރަށް ގޮވާލާފަ އެވެ.