ads
ހިޔާ ފުލެޓްތައް
ހިޔާ ފްލެޓް ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ފޭސް 2 ގައި ގާއިމް ކޮށްފައިވާ ހިޔާ ފޮލެޓް ސަރަހައްދުގައި ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި ކަމަށް އެކުންފުނިން ބުނެފިއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާތާ 7 ދުވަސް ވެފައިވާއިރު، މި 7 ދުވަހުގެ މަސައްކަތުން އެ ސަރަހައްދަށް މިހާތަނަށް އަޅާފައިވާ ހުރިހާ ކުންޏެއް އެއްކޮށް ނަގާ ސާފުކޮށްފައި ވާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. 

އަދި މީގެ އިތުތުން ދެން ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު އެސަރަހައްދުން ކުނި ނެގުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. 

މީގެ އިތުރުން މި މަސައްކަތުގައި، އާމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.  

ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން މެންދުރު 12:00 އާ ދެމެދު އެވެ. އެހެންކަމުން ފްލެޓްގައި އުޅޭ މީހުން އެ ވަގުތަށް ކުނި ނެރެ އެންމެ ކައިރީގައި ހުރި ޑަސްބިނަކަށް އެޅުމަށާޢި، ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ކުނިތައް ނެރެފައި ނުބެހެއްޓުމަށް އެޗްޑީސީން ވަނީ މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.

your imageހިޔާ ސަރަހައްދަށް އަޅާފައިވާ ކުނިތަކެއް

ކުނީގެ މައްސަލަ ބޮޑުވެ މީގެ ކުރިން ހިޔާ ޔޫނިއަނުން ވަނީ، ކުނިވާ ޒާތުގެ ކުނީގެ އިތުރުން ގައު ފަދަ ކުނި އެސަރަހައްދުގައި އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ސަރުކާރަށް ގޮވާލާފައެވެ.

ހިޔާ ފްލެޓުތަކުގައި މިހާރުވެސް 70 ވަރަކަށް އާއިލާ ދިރިއުޅެމުން ދާއިރު، މި މަހުގެ ނިޔަލަށްވެސް 150 ހާ އާއިލާ ހިޔާ ފްލެޓަށް ބަދަލުވުމުގެ މަސައްތަް މިހާރު ކުރަމުންދާ ކަމަށް ހިޔާ ޔޫނިއަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް