ads
ފޮޓޯ: މިހާރު
އޭލެވެލް ގަދަ ދިހައެއްގެ ޖަލްސާ މި މަހު 17 ގައި ބޭއްވުމަށް ނިންމައިިފި
އޭލެވެލްގެ ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބާއްވާ ޖަލްސާ މި މަހުގެ 17 ގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖަލްސާ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލްގައި ކަމަށެވެ. މީގެ ދެ އަހަރު ކުރިން ބޭއްވި އޭލެވެލް އިމްތިހާނުގައި 48 ސެންޓަރަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައި ވެއެވެ 

ކޮންމެ އަހަރު ވެސް އޭލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދާ އެއް ދަރިވަރަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހަރަދުގައި ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ދޭން އެ ކުންފުނިންވެސް ވަނީ ނިންމާފައެވެ. 

އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މަތިން ވަނަތައް ހޯދާ އެއް ދަރިވަރަކަށް އެމްޕީއެލްގެ ހަރަދުގައި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދޭނެ ކަން އިއުލާން ކުރެއްވީ އެ ކުންފުނީގެ 35 ވަނަ އަހަރީ ޖަލްސާގައެވެ.

މުސްތަގުބަލުގައި މާލޭ ކޮމާޝަލް ހާބަރު ނުވަތަ އާ ޕޯޓަކީ އެންމެ ޕްރޮފެޝަނަލް އެންމެ ހަރުދަނާކޮށް ހިންގޭ އެއް ކުންފުންޏެއް ކަމަށް ހަދަން ޖެހޭ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެކަން ހާސިލު ކުރުމަށް މުވައްޒަފުން ބިނާ ކުރުން ކަމަށާއި އެހެން ކަމުން އެކަންކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވަނީ ވިދާޅުވެފައެވެ. 

ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް އެޑިއުކޭޝަނުން އެވޯޑް ދެއެވެ. ނަމަވެސް ކޮވިޑާއ ގުޅިގެން 2019 ވަނަ އަހަރުގެ ޖަލްސާ ނުބޭއްވެ އެވެ.

އެޑިއުކޭޝަނުން ކުރިން ނިންމީ އޯލެވެލް އާއި އޭ ލެވެލް އިން ހަމައެކަނި އެއް ވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ރާއްޖެ އާއި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ހަފްލާއެއް ބޭއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް