ads
އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރުތަކެއް:
އެމްޕީއެލްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީއާރުޕީ ސޮފްޓްވެއާ ބަދަލު ކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީކުރުމުގެ ގޮތުން، އެމްޕީއެލްގެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް މިހާރު ބޭނުން ކުރަމުންދާ އީއާރްޕީ ސޮފްޓްވެއާގެ ބަދަލުގައި، "އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސް ރިސޯސް ޕްލޭނިން" އީއާރްޕީ ބޭނުން ކުރުމަށް އެ ކުންފުނިން މިހާރު ވަނީ ނިންމާފަ އެވެ.

އޮރަކަލްގެ އީއާރްޕީ ބޭނުންކުރަން ފެށުމާއެކު، އެމްޕީއެލް އިން ދެމުންދާ ގިނަ ހިދުމަތްތަކެއް އޮޓޮމޭޓްކުރެވި، ވަގުތު ސަލާމަތްވެ، ހަރަދުގެ ގޮތުން ވެސް އެ ކުންފުންޏަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

"އޮރަކަލްގެ ފެންވަރު ރަނގަޅު އީއާރްޕީ ސޮފްޓްވެއަރ ބޭނުންކުރުމަށް ފެށުމާއެކު، މި ކުންފުނިން މިހާރު މެނުއަލްކޮށް ދެމުންދާ ގިނަ ހިދުމަތްތަކެއް މުޅިން އޮޓޮމޭޓްވެ، މި ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ވެގެންދާނެ،" އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އޮރަކަލްގެ ފެންވަރު ރަނގަޅު އީއާރުޕީ ސޮފްޓްވެއާ ބޭނުންކުރަން ފެށުމާއެކު، އެ ކުންފުނިން މެނުއަލްކޮށް މިހާރު ދެމުން ގެންދާ ހިދުމަތްތައް މުޅިން އޮޓަމޭޓް ވެގެން ދިޔުމުގެ އިތުރުން ކުންފުނިން މިހާރު ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ، "އޮރަކަލް" އަކީ ސޮފްޓްވެއަރ އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވާއިރު، އޮރަކަލްގެ އީއާރްޕީ ސިސްޓަމްއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ވަރަށް ގިނަ ކުންފުނިތަކުން ބޭނުންކުރަމުންދާ ސިސްޓަމެކެވެ.  

މި ސޮފްޓްވެއާ އާއި ގުޅޭގޮތުން އެމްޕީއެލްގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑް، އާދަމް ޝިފާން ވިދާޅުވީ އޮރަކަލްގެ އީއާރްޕީއާއެކު، ޒަމާނީ ވިޔަފާރީގެ މާހައުލަކަށް، އެމް.ޕީ.އެލް އިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ބައްޓަންވެގެންދާނެ ކަމަށެވެ. 

"މީގެ ކުރިން އަޅުގަނޑުމެން ބޭނުންކުރަމުންދިޔަ އީއާރްޕީ ސިސްޓަމްއަކީ ވަރަށް މެނުއަލްކޮށް ބޭނުންކުރަމުންދިޔަ ސިސްޓަމެއް. އަދި އެ ސިސްޓަމް މެއިންޓެއިންކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އަދި، އިތުރު ބަދަލެއް ގެންނަންޖެހުނަސް އެއީ އުނދަގޫކަމެއް،"

ޝިފާން ވިދާޅުވީ މީގެ ކުރިން އެމޕީއެލް އިން ބޭނުންކުރަމުންދިޔަ އީއާރުޕީ ސިސްޓަމަކީ ވަރަށް މެނުއަލްކޮށް ބޭނުންކުރަމުންދިޔަ ސިސްޓަމެއްކަމަށެވެ. އަދި އެ ސިސްޓަމް މެއިންޓެއިންކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ސިސްޓަމަށް އިތުރު ބަދަލެއް ގެންނަންޖެހުނަސް ވަނީ އުނދަގޫކަމަކަށް ކަމަށެވެ. 

އެހެންނަމަވެސް އޮރަކަލް ސިސްޓަމްގައި، ކޮންމެ 90 ދުވަހަކުން އައު ފިއުޗާސްތައް ލިބޭނެ ކަމަށް ޝިފާން ވިދާޅުވިއެވެ. އެހެންކަމުން އެމްޕީއެލްގެ ހިދުމަތްތައް ޒަމާނީ ކުރެވިގެންދާނީ މި ސިސްޓަމާއިއެކު ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. 

އޮރަކަލްގެ ހެޑް އޮފް އެޕްލިކޭޝަންސް ސޭޖް އަހުމަދު ސަރްވާރް ވިދާޅުވީ އޮރަކަލްގެ އީއާރްޕީއާއެކު، އެމްޕީއެލްގެ އޮޕަރޭޝަންސްތައް ހަރުދަނާކުރެވޭނެ ކަމަށެވެ. 

"އެމް.ޕީ.އެލް ހިދުމަތްތައް ޑިޖިޓަލްކޮށް، ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ މި ކުންފުންޏަށް ވެސް ލިބޭ އުފަލެއް،"

 

ޕޯޓްތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ އޮރަކަލްއާއެކު، އޮރެކަލް ފިއުޝަން ކްލައުޑް އީއާރްޕީ ސިސްޓަމް ލައިވް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރުގެ ކުރީކޮ ކަމަށް އެކުންފުނިން ބުނެޅެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް