ads
އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔަ---
މިސްކިތައް ކުޑަކަމުދިޔަ މީހާގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެތީ ބަންދުން ދޫނުކޮށްލި
މާލޭ އެކި މިސްކިތްތަކަށާއި، ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލާގައި ހައްޔަރު ކުރި މީހާގެ ސަބަބުން މުޖުތަަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، ޝަރުތުތަކާއިއެކުވެސް އޭނާ ބަންދުން ދޫނުކުރަން ނިންމައިފި އެވެ.

އެ މައްސަލާގައި މި މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ނަމަަކަށް ކިޔާ މީހެކެވެ. 

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަމުންދިޔަ ވަގުތެއްގައި އެމިސްކިތައް ވަދެ ގިބުލައަށް ވާގޮތަށް އިމާމު ކުރިމައްޗަށް ކުޑަކަމު ދިޔުމުގެ އިތުރުން މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތަށް ވަދެ އެ މިސްކިތަށާއި، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް އޭނާ ވަނީ ކުޑަކަމު ގޮސްފަ ކަމަށް ވެއެވެ. 

ހޯމަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފުލުހުންބުނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށާއި، މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. 

އޭގެ އިތުރުން، އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ޝަރުތުކޮށްފައި ވެސް އޭނާ ދޫކޮށްލަން ފުލުހުން ވަނީ ކޯޓުގައި ދެކޮޅު ހަދާފައެވެ. 

އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު ގާޒީ ހަސަން ސައީދު ނިންމެވީ އޭނާ އިތުރު 10 ދުވަހަށް ބަންދު ކުރުމަށެވެ.

އެމީހާގެ މައްސަލަ ފެންމަތިވުމުން ފުލުހުން އެދުވަހު ބުނެފައިވަނީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް