ads
އާސަހަރާ މިސްކިތް——
ވޯޓަ ބޭގް ފަޅައިގެންގޮސް އެއްމާބަނޑު ތިން ކުދިން މަރުވެއްޖެ
ދުވަސް ނުފުރާ އުފަންވި އެއްމާބަނޑު ތިން ފިރިހެން ކުއްޖަކު އައިޖީއެމްއެޗުގައި މަރުވެއްޖެ އެވެ.

އެ ތިން ކުދިން މަރުވީ އުފަންވިތާ ގަޑިއެއްހާއިރު ފަހުން އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާއި ބެހޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް ދިނުމަށް އެ ހޮސްޕިޓަލުން ވަނީ އިންކާރު ކޮށްފަ އެވެ. 

ކުދިންގެ ބައްޕައާއި ހަވާލާދީ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުއްޖާ މަރުވީ ބަނޑަށް ފަސް މަހުގައި 21 ހަފްތާގައެވެ. 

އެކުދިން ނިޔާވީ ބޮޑުވާނެ ޖާގަ ނުލިބި، ޕްރެޝާ ވެފައި ހުއްޓާ ކެއްސާލިތަނާ ކަމަށް އައިޖީއެމްއެޗުން ބުނާ ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައިވެއެވެ.

ވިހެއުމަށް ފަހު އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ވެއެވެ. މަރުވެފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު އެއްބަނޑު އެއްބަފާ ތިން ކުދިން ކަމަށްވާ މިޒުވާން، މާޒިން އަދި މާކިން އެވެ. 

އެ ކުދިންގެ ޖަނާޒާ މިއަދު ހަވީރު 5 ޖެހިއިރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ބޮޑުވާނެ ޖާގަ ނުލިބި، ވޯޓާ ބޭގް ފަޅައިގެން ގޮޮސް ތިން ކުދިން މަރުވިއިރު، ކުދިން އުފަންވުމާ ހަމައަށް ވެސް އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށް އެ ކުދިންގެ ބައްޕަ ބުނެއެވެ. 

އައިޖީއެމްއެޗުގައި ވިހެއި ކުއްޖަކު މަރުވަންދެން އަޅާ ނުލާ ބޭއްވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލަށް ފާޑުކިޔުން އަމާޒުވުން މާޗު މަހުގެ ތެރޭގައި ވަނީ ދުވަސްނުފުރާ ވިހާ ކުދިންގެ ތެރެއިން 22 ހަފްތާގެ ކުރީން ވިހާ ކުދީންނާ ދޭތެރޭ އަމަލު ކުރާ އުސޫލު ހާމަކޮށްފައެވެ.

އެގޮތުން މާބަނޑު މީހެއްގެ ބަނޑަށް 22 ހަފްތާ (154 ދުވަސް) ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވިހައިފިނަމަ އެހާލަތުގައި ހޮސްޕިޓަލުން ބަލަނީ ދަރިފުޅު ބައިގެން ދިޔައީ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބަނޑަށް 22 ހަފުތާވުމުގެ ކުރިން 12 ވަނަ ހަފްތާއިން ފެށިގެން ކުއްޖާގެ ވިންދު ހުންނާނެ ކަމަށާ ކުއްޖާގެ ވިންދު ހުރިނަމަަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައްވެސް އެ އުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީ ވެފައިނުވާނެ ކަމަށާ މި އުމުރުގައިވާ ވިހާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

10%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް