ads
ކުޅިވަރު ވަޒީރު ރާފިއު އިންޑިއާއިން ނަގާ ލޯންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޅިވަރު މިނިސްޓްރީން އިންޑިއާއިން 40 މިލިއަންގެ ލޯނެއް ނަގައިފި
ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށްް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ރުފިޔާގެ ލޯނެއް ކުޅިވަރާއި ބެހޭ ވުޒާރައިން ބުނެފިއެވެ.
Advertisement

އެ ވުޒާރާއިން ބުނީ އިންޑިއާއިން އެލްއޯސީގެ އެހީގައި ހިންގާ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ (ޕީއެމްސީ) އަށް ކޮލާޖް ޑިޒައިން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިންޑިއަން އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯން ދޭން ނިންމާފައިވާކަމަށްވެސް ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

އެކި މަޝްރޫއުތަކަށް ގިނަ އަދަދެއްގެ ލޯން އިންޑިއާއިން ނަގަފައިވާކަމަށް ބުނެ މިހާރުގެ ސަރުކާރުގެ ވެރިން މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަނީ ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯން އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް އިންޑިއާ އިން ވަނީ ދާދިފަހުން ނިންމާފައެވެ. އިންޑިއާ އިން އެގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދުގެ ސަރުކާރުން ރަސްމީކޮށް އެކަމަށް އެދުމާ ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާއިން ރާއްޖެ އަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރަށް ފަސްކޮށްދިނުމަށް އެ ބޭންކުން މިހާރު ނިންމާފައިވާ ކަމަށެވެ.

އެ 150 މިލިއަން ޑޮލަރުގެ އަނބުރާ ދައްކަން ތިން ވަނަ ޓީބިލް ހަމަވާނީ ސެޕްޓެމްބަރުގެ ތެރޭގައެވެ.

އެސްބީއައި އިން ގަތް ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ފަހަރަކު 50 މިލިއަން ޑޮލަރު މަގުން ގަތް ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައިވެ އެވެ.

ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިއާ ސަރުކާރުގައި އެދުނީ، މިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް