ads
ޖާބިރު ރައީސް ނަޝީދުއާއެކު
އަޅުގަނޑު ވަޒީފާއިން ވަކިކުރީ މެމްބަރު އީސާގެ ނުފޫޒުން: ޖާބިރު
ނ އަތޮޅު ކުޑަފަރީ ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުން ވަކިކޮށްފައިވަނީ އެދާއިރާގެ މަޖިލިސް މެމްބަރު ނުފޫޒުން ކަމުގައި ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވަޒީފާއިން ވަކިކުރިކަން އަންގާފައިވަނީ ނިމިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުން ފޮނުވި ސިޓީއެއްގައެވެ.

ޖާބިރު "ސީއެންއެމް"އަށް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އެދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އީސާގެ ނުފޫޒުން ކަމަށެވެ.

"އަޅުގަނޑު ވަޒީފާއިން ވަކިކޮށްފައިވަނީ ސީދާ އީސަގެ ނުފޫޒުން. ހުރިހާ ހިދުމަތެއް ބަރާބަރަށް ދެމުން ދަނިކޮށް އަމިއްލަ މަންފާ އިސްކުރުމަށް ނޫނީ އަމިއްލަ ބޭނުމަކަށް އަޅުގަނޑު ވަޒީފާއިން ވަކި ކުރީ" ޖާބިރު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ޖާބިރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ އިން ރައީސުލްޖުމްހުރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުން ޖާބިރު ވަކި ކުރައްވާފައިވާ ކަމަށެވެ.

ސިއްހީ މަރުކަޒު ތަކުގެ އެޑްމިނިސްޓްރޭޓަރުންނަކީ ސިޔާސީ ގޮތުން ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އައްޔަން ކުރެވޭ ބޭފުޅުންނެވެ.

ޖާބިރު ވިދާޅުވީ ވަޒީފާއިން ވަކިކުރައްވަންޖެހޭ ކަމެއް އޭނާ ނުކުރައްވާ ކަމަށާއި އަދި އެފަދަ އެއްވެސް އުޒުރެއްވެސް ދައްކާފައި ނުވާކަމަށެވެ.

" އަޅުގަނޑު ވަޒީފާއިން ވަކި ނުކުރުމަށް ދާއިރާގެ އިންތިހާބީ ރައީސް ވަރަށް އެދުނު. އެހެންނަމަވެސް އެމްޕީ ބޭނުންފުޅުވީމަ މިހިރީ ވަޒީފާއިން ވަކިކޮށްފައި. މިއީ އިންސާފުން ކުރިކަމެއްކަމަށް ގަބޫލު ނުކުރަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަޒީފާއިން ވަކިކުރި މައްސަލާގައި މެމްބަރު އީސައަށް ކުރައްވާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އީސަ ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ސިޔާސީ މަގާމުތައް ދިނުމާއި ވަކިކުރުން އޮންނަ ކަމަށެވެ. އަދި ދެވޭ މަގާމުގެ މަސްއޫލިއްޔައްތު އެނގެން ވާނެ ކަމަށާއި، މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭ ނަމަ ވަޒީފާއިން ވަކި ކުރާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް