ads
އެންމެ ފަހުން ބޭއްވުނު ސާފް ޗެމްޕިއަން ޝިޕް ތަށި ރައީސް ޔާމިން އާއި ހަވާލުކޮށްދެއްވަނީ : ފޮޓޯ ސޯޝަލް މީޑިއާ
މެޗްގެ ކޮންމެ ސިކުންތެއްވެސް ބައްލަވާނަން: ރައީސް ޔާމިން
އެންމެ ފަހުން ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވި އިރުޝާދުގެ އޯޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ރާއްޖޭގެ ރައްޔިތުން ހަމައެކަނި އެކުވެރި ކުރުވާ ކުރުވާ ކަމަކީ ދިވެހި ގައުމީ ޓީމް ކުޅޭ ފުޓްބޯޅަ މެޗުތަކެވެ. ރާއްޖޭގެ ޤައުމީޓީމަށް ހިތްވަރު ދިނުމަށް ދަނޑު ފުރާލައެވެ. ދިވެހިންނަކީ ގައުމީ ޓީމް ދެކެ ލޯބިވާ ބައެއްކަން މިހާރު ރާއްޖޭގައި ހިނގަމުންދާ ސާފް ޗެމްޕިއަންޝިޕުން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.

ސަޕޯޓް ކުރުމަށް ދަނޑަށް ވަނުމަށް ޓިކެޓް ބާރުބޮޑުކަން އެނގެއެވެ. ދަނޑުގެ ކެޕޭސިޓީ މަދުކަން ހަމައެންމެނަށް އެނގެއެވެ. އެހެންނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއްނެތެވެ. 48 ގަޑި އިރު ކުރިން ޓިކެޓް ގަންނަން ކިއޫގައި ޖެހެނީއެވެ. ހަމަ އެގޮތަށް ރަތްކުލަ ރަމްޒުކޮށްދޭ ޖާޒީ ގަންނަވެސް ކިއޫގައި ޖެހެނީއެވެ. މިއީ އާދަޔާ ހިލާފު ރޫހެކެވެ. ގައުމީ އެއްބައިވަންތަ ކަމެވެ. ގައުމުގެ ލޭ ހިނގާ ޒުވާނެއް ހުރިއްޔާ ގައުމީޓީމްގައި 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކުރަނީއެވެ.

"ޑިފެންސިވް ކުޅުމެއް ނުކުޅޭތި، އަހަރުމެން ކުޅެންވާނީ ލަނޑުގެ ތަފާތުން ބޮޑު ޑިފަރެންސްއެއް ދައްކަން" މިއީ އެންމެ ފަހުން ބޭއްވުނު ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ޓީމަށް ހިތްވަރު ދެމުން ގައުމީ ކެޕްޓަން އާއި ފޯނުން ގުޅައި ދެއްކި ވާހަކަ ކޮޅެވެ.

ހުރިހާ ފިކުރެއް މިއަދު މިއޮތީ ގައުމީޓީމް އާއި އެކުގައެވެ. އެމީހަކު ހުރި ހިސާބުން ގައުމީ ޓީމަށް ސަޕޯޓް ކުރުމުގައެވެ.

ހުރިހާ ސިޔާސީ ބޭފުޅުންވެސް އަދި ހުރިހާ ދާއިރާއެއްގެ މީހުންވެސް މިއަދު ދަނީ ގައުމީޓިމަށް ކާމިޔާބު ހޯދުމަށް ހިތްވަރު ދެމުންނެވެ.

މިއަދަކީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ހާއްސަ ދުވަހެކެވެ. އަމިއްލަ ދަނޑުގައި ބޭއްވޭ މުބާރާތުގެ ފައިނަލަށް ދިއުމަށް މި ސަރަހައްދުގެ ގަދަބާރު އިންޑިއާ އާއި ދެކޮޅަށް ކުޅެވޭ މެޗް އޮންނަ ދުވަހެވެ. ތާރީހް ބަދަލު ކޮށްލުމަށް ލިބޭ ރަނުގެ ފުރަސެތެކެވެ. އަޝްފާގާއި ސުނިލް ޗެތްރީގެ ޖާދޫ ފެންނާނެ މެޗެވެ.

މިއަދުގެ މިމެޗަށް ގައުމީ ކެޕްޓަން ދޫކޮށްލީ ވަރުގަދަ މެސެޖެކެވެ. " ދުއާ ކޮށްދެއްވާ، ދުއާގެ ނަތީއްޖާ މާދަމާރޭގެ މެޗުގައިވެސް އިންޝާﷲ ފައިނަލް މެޗުގައިވެސް ފެންނާނެ" މިއީ ގައުމީ ކެޕްޓަން ދެއްވި ހާއްސަ މެސެޖެވެ.

އަޅުގަނޑުމެން އެދެނީ ގައުމީ ޓީމަށް ކާމިޔާބު ލިބުމެވެ. ތިންވަނަ ފަހަރު މީއެފަހަރު. " މިއީ މަގޭ މަހަލްދީބް "

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް