ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފޮޓޯ؛ ޕޮލިސް
އިންޑިޔާގެ ޑިފެންސް ކޮލެޖުގެ ވަފުދެއް ރާއްޖެއަށް
އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދެއް ދިވެހި ފުލުހުންގެ ހިދުމަތަށް ޒިޔާރަތްކޮށް ފުލުހުންނާ ބައްދަލުކޮށްފިއެވެ.
Advertisement

އެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއާއި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހުމާންއާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާހުއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމްގެ އިތުރުން ޕޮލިސް އެކަޑަމީއާއި، އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ 24 ބައިވެރިންނާއެކު މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި 2019 އިން 2024 އަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދު މިއަދު ކުރި އެ ޒިޔާރަތަކީ ތަޖުރިބާ ދަތުރެއްގައި ދިވެހިރާއްޖެއަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަަތަށްކުރި ޒިޔާރަތެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް