ads
ފުރަތަމަ ލަނޑު އިންޑިއާއިން ކާމިޔާބު ކޮށްފި
މިހާރު ކުޅެމުންދާ އިންޑިއާ އާއި ރާއްޖެ ބައްދަލު ކުރާ މެޗުގެ ފުރަތަމަ ލަނޑު އިންޑިއާއިން ކާމިޔާބުކޮށްފި އެވެ.

އިންޑިއާގެ ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑް މަންވީރު ސިންގް އެވެ.

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗަކީ ދެ ގައުމަށް ވެސް މުހިންމު މެޗެކެވެ. މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް އިރު، ރާއްޖެއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ މި މެޗުން އެއްވަރުކޮށްގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމެެވެ. އިންޑިއާއަށް އެ ފުރުސަތު އޮތީ ހަމައެކަނި މޮޅަކުންނެވެ.

މިހާތަނަށް ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 12 ފަހަރަށް ބޭއްވިއިރު އޭގެތެރެއިން ހަތް މުބާރާތްް އިންޑިޔާ އިން ކާމިޔާބު ކޮށްފައިވެއެވެ. މުބާރާތުގެ ފައިނަލުގައި 11 ފަހަރަށް ވާދަކޮށްފައިވެއެވެ. 

ރާއްޖޭން މި މުބާރާތުގައި 10 ފަހަރު ވާދަކޮށް، އޭގެތެރެއިން ދެ މުބާރާތްް ކާމިޔާބު ކޮށްފައިވެއެވެ. އަދި ފަސް ފަހަރަށް މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވެއެވެ.

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާއާއި ދިވެހިރާއްޖެ 13 ފަހަރަށް ވާދަކޮށްފައި ވެއެވެ. އޭގެ ތެރެއިން ނުވަ މެޗް ކާމިޔާބު ކޮށްފައިވަނީ އިންޑިއާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް