ads
އާރިޔާން ހާން
ޖަލުގެ ފާހާނާ ބޭނުންކުރަން ޖެހިދާނެތީ އާރިޔާން ހުންނަނީ ނުކައި ނުބޮއި
މަޝްހޫރް ފިލްމީ ތަރި ޝާހުރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ހާން އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށް މިމަހުގެ ދެވަނަ ދުވަހުއެވެ.

މިހާރު 14 ދުވަހުގެ ކަސްޓޯޑިއަލް ބަންދެއްގައި ހުރި އާރިޔާން ރަނގަޅަށް ކައި، ބޮއި ނުހަދާކަމަށް ވެެެއެވެ. 

އޭނާ ކެއުމާއި ވަރަށް ބޮޑަށް ދުރުވެފައިވާތީ ޖަލުގެ ސްޓާފުން ވެސް ކެއުމަށް އޭނާ ގާތު އެދެމުން ދިޔަނަމަވެސް އާރިޔާން އެކަން އެގޮތަށް ކުރަން ބޭނުން ނުވާ ކަމަށް ވެއެވެ.

އޭނާ ކެއުމާއި ދުރުގައި އުޅެނީ ޖަލުގެ ފާހާނާ ބޭނުން ކުރަން ބޭނުންނުވާތީ ކަމަށްވެސް ހަބަރުތައް ބުނެއެވެ. މައުލޫމާތު ލިބޭގޮތުން އޭނާ ފެން ނުވަރާތާވެސް މިހާރު ފަސް ދުވަސް ވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން އާރިޔާން ޖަލަށް އައިރު ގެއިން ބެޑުޝީޓު ތަކަކާއި، ކެންޓީންއިން ގިނަ އަދަދެއްގެ ފެންފުޅި ގެނައެވެ. އޭނާ ބަޑު ހައިވެއްޖެ ނަމަ ބޮނީ އެ ފެން ކަމަށްވެސް ވެއެވެ. 

އޭނާ މީހުންނާއި ވާހަކަ ދެއްކުންވެސް ހުއްޓާާލާފައިވާ ކަމަށާއި، ރެސްޕޮންޑް ކުރަނީ ހަމައެކަނި މީހަކު އެއްޗެއް އެހިއްޔާ އެކަނި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އާރިޔާން ކަސްޓޯޑިއަލް ޖަލަކަަށް ބަދަލުކުރުމާއި ގުޅިގެން ޝާހު ވެސް ކެއުމާއި، ބުއިން އަދި ނިދުމާއިވެސް ވަނީ ދުރުވެފައި ކަމަށް ވެއެވެ. 

55%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް