ads
ރައީސް ނަޝީދު
އާ ހިތްވަރާއި އެކު ގައުމީ ފުޓްބޯޅަޓީމް އަލުން ނިކުންނާނެ : ރައީސް ނަޝީދު
ދިވެހިރާއްޖޭ ފުޓްބޯޅަ ޓީމް އާ ހިތްވަރާއި އެކު އަލުން ނިކުންނާނެ ކަމާއި އެއީ ކަށަވަރު ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ކުރިއަށްދާ ސާފް ޗެމްޕިއަން ޝިޕުގައި ރާއްޖޭގެ މައްޗަށް އިންޑިއާއިން ކުރި ހޯދު ހޯދިމެޗަށް ފަހު ގައުމީޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

" ނާކާމިޔާބީގައި ހިތްވަރު ގަދަކުރައްވާ، މާތްﷲ ގެ އިރާދަފުޅުން އާ ހިތްވަރަކާއި އެކު ގައުމީ ފުޓްބޯޅަޓީމް އަލުން ނުކުންނާނެ ކަމީ އަޅުގަނޑަށް ކަށަވަރު ކަމެއް " ނަޝީދު ކުރެއްވި ޓްވީޓްގައި ވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފާއިތުވެދިޔަ ހަތަރު މަސް ދުވަސް ހޭދަކުރެއްވީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގަ އެވެ.

މި ހަމަލާއާއި ގުޅިގެން ސަރުކާރުން ވަނީ ނަޝީދުއަށް ގެކޮޅެއް ހަމަޖައްވައި ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ހައްދުފަހަނައެޅި ފިކުރުގެ ބައެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ވެރިޔަކު އަވަހާރަކޮށްލުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް