ads
އުތުރު ތިލަ ފަޅު ފޮޓޯ: ސޯޝަލް މީޑިއާ
އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރުމަށް އަންގައިފި
އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން ހޯދުމަށް އެދުނު މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް އަންގައިފިއެވެ.
Advertisement

އުތުރުތިލަފުޅު (ޔޫޓީއެފް) ތަރައްގީ ކުރަން އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ބައެއް ކަންތައްތައް ހާމަ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެދިފައިވަނީ ނޫސްވެރިޔެކެވެ.

އެއްބަސްވުމުން ހޯދަން އެދުނު މައުލޫމާތު ތަކަކީ:

  1. ޓެކްނިކަލް މީހުން ނިސްބަތްވާ މުއައްސަސާ
  2. އެ މީހުން ރާއްޖޭގައި ތިބޭނެ މުއްދަތު
  3. މީހުން ތިބޭނެ އަދަދު
  4. އެތަނުގައި ތިބޭ މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ ނަމަ އެކަމުގެ ތަފްސީލް
  5. އެކޮމެޑޭޝަނާއި އެހެނިހެން ހަރަދުތަކުގެ ތަފްސީލް
  6. އެއްބަސްވުމުގެ ދަށުން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލް

އެ މައްސަލައިގައި މިއަދު ބޭއްވުނު އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ އެ މައުލޫމާތުތައް ހާމަކޮށްފައި ނުވަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ކަމަށާއި އެހެން ނަމަވެސް ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ގައުމީ ސަލާމަތައް ނުރައްކާވާނެ ފަދަ މައުލޫމާތެއް ނެތް ކަމަށެވެ.

"އެހެން ކަމުން މައްސަލަ ހުށަހެޅި ފަރާތުން ހޯދަން އެދުނު މައުލޫމާތުތައް ހަތް ދުވަސް ތެރޭގައި ދޫކުރުމަށްފަހު މި އޮފީހަށް އެންގުމަށް ކަނޑައަޅަން،" އާހިދު ވިދާޅުވި އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައި ޒަމާނީ، ނޭވަލް ބަނދަރަކާއި އެތަނަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

އެތަނުގައި ގާއިމްކުރާ ފެސިލިޓި އަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަން އޮޕަރޭޓު ކުރާނީ ވެސް ގައުމީ ދިފާއީ ބާރުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް