ބީއެމްއެލްގެ އެހީގައި ގދ. ވާދޫގައި ގާއިމްކުރި ސްކޭޓް ޕާކެއް
ތިންމަސް ވީ އިރުވެސް ރަށަށްޓަކައި ހަދާ ކުންފުނި ހެދޭ ގޮތެއް ނުވޭ: ވާދޫ ކައުންސިލް
Share
ގދ ވާދޫ ކައުންސިލުން ވިޔަފާރި ކުންފުންޏެއް އުފެއްދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެދިފައި އޮންނަތާ ތިން މަސް ދުވަސް ވެއްޖެ ކަމަށް ވާދޫ ކައުންސިލުން ބުނެފިއެވެ.
Advertisement

ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ސީއެންއެމް އަށް ވިދާޅުވީ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ ނަމުގައި އެ ކުންފުނި އުއްދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. 

"އަޅުގަނޑުމެން ބައްދަލު ކުރިން އިކޮނޮމިކް މިނިސްޓަރާވެސް . އަޅުގަނޑުމެން ބައްދަލު ކުރިން ލޯކަލް ގަވަންމެންޓް އޮތޯރިޓީއާވެސް. އެއްވެސް ކޮޅެއް ނުފެނޭ. އޮތޯރިޓީން ވިދާޅުވަނީ މިނިސްޓްރީއާ ވާހަކަ ދައްކަމުންނޭ މިދަނީ" ހަސަން ވިދާޅުވިއެވެ. 

ކައުންސިލުން ވިދާޅުވީ ކުންފުނީގެ ފުރަތަމަ އަމާޒަކީ ސިޓީ ހޮޓަލެއް އެޅުން ކަމަށާއި އޭގެ އިތުރުން މަސްވެރިކަމާއި ދަންޑުވެރިކަމުގެ ތަފާތު މަސައްކަތްތަކަށް އަމާޒުކޮށް ޕްރޮޖެކްޓް ތައް ހިންގުމަށް ރޭވިފައިވާ ކަމަށޭވެ. އެހެންނަމަވެސް ކައުންސިލުން ބުނީ އެއްކަމެއްވެސް ވާނީ އުފެއްދިގެން ކަމަށެވެ.  

ލޯކަލް އޮތޯރިޓީ ކޮމްޕެނީ ނަމުގައި ރަށްރަށުގައި އުފައްދާ މިފަދަ ކުންފުނިތަކަށް ހުއްދަ ލިބެނީ ލޯކަލް ގަވަންމެންޓް އޮތޯރިޓީ އަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ.

އެހެންނަމަވެސް ކަންކަނ ރޭވި ނަމަވެސް ރަށްރަށަށް ކަންކަން ކުރެވޭނީ ކަންކަން ކުރެވޭނެ ގޮތް ހެދުމުން ކަމަށް ހަސަން ވިދާޅުވިއެވެ. ގދ.ވާދޫ އަކީ ބިން ބޮޑު އަދި ދަނޑުވެރިކަމަށް ފަސްގަނޑު ރަނގަޅު ރަށެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް