ads
ކްރިމިނަލް ކޯޓު
ޝަތުރުތަކާއި އެކު "ޔާޔާ" ދޫކޮށްލައިފި
ޓިކްޓޮކްގައި ބަރަހަނާ ފޮޓޯ އާއްމު ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، ނަބީލް، ޝަރުތުތަކާއި އެކު ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ނަބީލް ދޫކޮށްލާފައިވަނީ، ފަސްދޮޅަސް ދުވަސް ވަންދެން މީސްމީޑިޔާގައި އެއްވެސް އެއްޗެއް ޕޯސްޓު ނުކުރުމަށް ޝަރުތުކޮށެވެ. 

މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ މަހަކަށް ވުރެން ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، ނަބީލް ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މީސްމީޑިޔާގައި އޭނާ މަޝްހޫރުވީ "ޔާޔާ"ގެ ނަމުންނެވެ.

ކުރިން އޭނާ މުއްދަތުގެ މަޖިލީހުގައި ބުނެފައިވަނީ ޓިކްޓޮކްގައި ބަރަހަނާވެ އެފަދަ ވީޑިއޯއެއް އޭނާ ހަދާފައިވާ ނުވާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ އެހެން މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އާއްމު ކޮށްފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭރު ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޓިކްޓޮކްގައި ވަރަށް ގިނަ ދިވެހިން އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ވީޑިއޯތައް އާއްމު ކުރެއެވެ. އެފަދަ ވީޑިއޯތައް އާއްމުކުރާ މީހުންނަށް ގިނަ ބަޔަކު ފާޑުވެސް ކިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް