ads
އަބްދުﷲ މުއާޒު (މުއާ)
މުއާއަށް ސިޔާސީ މަގާމެއް ދީފި
ފިލްމީތަރި އަދި ޕްރޮޑިއުސަރު އަބްދުﷲ މުއާޒު (މުއާ) އަށް ސަރުކާރުން ސިޔާސީ މަގާމެއް ދީފިއެވެ.

މުއާއަށް ދީފައިވަނީ، ނޭޝަނަލް ސެންޓަ ފޯ އާޓްސް (އެންސީއޭ) ގެ ސީނިއާ އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމެވެ.

އެކްޒެކްޓިވް ފެންވަރުގެ ބޭފުޅުންގެ މުސާރައަކީ 25،000 ރުފިޔާއެވެ.

އެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ކޮން ޕާޓީއެއްގެ ސްލޮޓެއްގައިކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެންސީއޭ އަކީ ޒުވާނުންގެ މުނިފޫހި ފިލުވުމަށް އެތައް ހަރަކާތްތަކެއް ހިންގަމުން އަންނަ އިދާރާއެކެވެ. ކޮވިޑްގެ މި ހާލަތުގައިވެސް ޒުވާނުންގެ ބައިވެރިވުމާއި އެކު އެތައް ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. އެގޮތުން ، ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފަންނާނުންގެ މިއުޒިކީ އީދު މިދިޔަ އަހަރު ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. 

މީގެ ކުރިން، އެންސީއޭ އިން ކުރިއަށް ގެންދާ ފަންނާނުންގެ މިއުޒިކީ އީދު ޝޯތަކަކީ އެތައް ބައެއް ބައިވެރިވެ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ ކުރިއަށް ގެންދާ ޝޯއެކެވެ.

އާޓްސް މިނިސްޓްރީ އާއި، އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޮފީސް އަދި މަރުކަޒު ހިމެނޭގޮތަށް ޖުމްލަ 11 މުއައްސަސާ ހިންގެވުމާއި ހަވާލުވެވަޑައިގެން މިވަގުތު ސިޔާސީ މަގާމުތަކުގައި 21 ބޭފުޅަކު އެބަ ތިއްބެވިއެވެ.

މުއާ ސިޔާސީ މަގާމަކަށް އައްޔަނު ކުރައްވާފައިވާއިރު އޭނާއަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވެރިކަމަށް ގެނައުމަށް ކުރެވުނު ކެމްޕެއިންގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައިވެސް  ދެ ފަހަރެއްގެ މަތިން އެ މަގާމު ފުރުއްވާފައިވެއެވެ. 

މުއާ ކައިވެނީގެ ގޮތުން މިހާރު ގުޅިގެން އުޅެނީ، ފިލްމީ ތަރި އައްޒައާއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް