ads
ދަނޑުވެރިންގެ ފޯރަމް
ތ އަތޮޅުގައި ކުރިއަށް ގެންދިޔަ ދަނޑުވެރިންގެ ފޯރަމް ނިމިއްޖެ
ދަނޑުވެރިންގެ ދުވާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި ކުރިޔަށްދާ ހަރަކާތް ތަކުގެ ތެރޭން ބޭއްވުނު ދަނޑުވެރިގެ ފޯރަމް މިއަދު ނިންމާލައިފިއެވެ.
Advertisement

ތ. ކަނޑޫދޫގައި ކުރިޔަށް ގެންދެވުނު މި ފޯރަމް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ހަސަންއެވެ. 

މި ފޯރަމް ފައްޓަވައިދެއްވަމުން މިނިސްޓަރ ރ ޑރ.ޙުސައިން ރަޝީދު ހަސަން ވިދާޅުވި ގޮތުގައި މި ފޯރަމް ބޭއްވުމުގެ މައިގަނޑުމަޤްޞަދަކީ ދަނޑުވެރިކަންފުޅާކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރުންކަމަށެވެ. މި ފޯރަމްގައި ގިނަރަށްތަކެއްގެ ދަނޑުވެރިންނާއި އަދި ދަނޑުވެރިކަމާއި ގުޅުންހުރި ބައެއް މަދަނީ ޖަމިއްޔާތަށް ވަނީ ބައިވެރިވެފައެވެ.

ތ. ކަނޑޫދޫގައި ބޭއްވުނު ދަނޑުވެރިގެ ފޯރަމް ކުރިޔަށް ގެންގޮސްފައިވަނީ 2 ދުވަހަކަށް ބަހާލައިގެން އެރަށުގެ ކައުންސިލް އިދާރައިގެ ހޯލުގައެވެ. މި ފޯރަމްގައި ދަނޑުވެރިންގެ ފަރާތު ފާހަގަ ކުރެވުނު ކަންކަމާއި ދަނޑުވެރިގެ ބައެއް ސުވާލުތަކަށް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ޖަވާބުދެއްވާފައެވެ. ފޯރަމްގައި ބައިވެރިވި ދަނޑުވެރިން ވަނީ ރާއްޖޭގައި ދަނޑިވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަށް ހުށައަޅާފައެވެ.

މި ފޯރަމްގައި ދަނޑުވެރިން ފާހަގަކުރި މައިގަނޑު ކަންކަމުގެ ތެރޭގައި 

އަރބަން ގާޑަނިންގއަށް އިސްކަންދިނުން

- ބިންލިބުމުގައި ދިމާވާ މައްސަލަތައް

- ނިއުޓްރިޝަން ފޯކަސްކޮށްގެން ގަސްހެދުމުގެ މޮޑެލްތައްޔާރުކުރުން

- ކޮމްޕޯސްޓްއާއި ގުޅުންހުރި ޕެސްޓް އެންޑް ޑިޒީސްގެ މައްސަލަތައް

- މިރުހަށް ރަނގަޅު އަގު ނުލިބުން

- ވެލިއު އެޑްކުރެވޭނެގޮތްތައް

- މައިގަނޑުގޮތެއްގައި އުފައްދާ ބާވަތްތައް ރިސޯޓްތަކަށް މާކެޓް ކުރެވޭނެ ގޮތައް ހޯދައިދިނުން

- ދަނޑުވެރިން ހައްދާތަކެތި ރައްކާތެރިކޮށް ސްޓޯރ ކުރެވޭނެގޮތްތަކެއް ހޯދައިދިނުން 

- ފަހުގެ އުފެއްދުންތައް ހޯދައިދިނުން

- ޒަމާނީ ތަމްރީނު ލިބިފައިވާ ދަނޑުވެރިން މަދުވުން 

- ދިރޭޖަނަވާރާއި ފަނިފަކުސާގެ މައްސަލަތައް

- ފަންނީ މައުލޫމާތުތައް މަދުވުން 

- ދަނޑުވެރިން ހައްދާ ބާވަތްތަކަށް ރަނގަޅު އަގު ނުލިބުމާއި އެތަކެތި ފަސޭހައިން ގަނެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން 

- ދަނޑުތަކަށް ފަސޭހައިން ކަރަންޓު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން 

- ދަނޑުތަކަށް އެކިއެކި ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަނެވޭނެ ނިޒާމެއް ގާއިމުކޮށްދިނުން 

- ގަސްކާނާ އަދި ބޭހުގެ އަގުތައް ބޮޑުވުން 

- ލޭންޑްޔޫސް ޕްލޭންއެކުލަވާލުމުގައި ދަނޑުވެރިންނަށް ބިން ލިބޭނެގޮތައް އެޕްލޭން އެކުލަވާލުން މުހިންމުކަމަށް

- ޒުވާން ދަނޑުވެރިން އުފެއްދުމަށް ސަމާލުކަން ދިނުން 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް