ads
ސުނާނާ ލޯ ފާރމުން ތައްޔާރު ކުރި ޑާޓާބޭސް ލޯންޗުކޮށްދެއްވަނީ
ކޯޓުތަކުގެ ހުކުމްތައް ފަސޭހަކަމާއި އެކު ބަލާލެވޭނެ ޑާޓާ ބޭސްއެއް ތާރަފްކޮށްފި
ރާއްޖޭގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތަކުގެ ތަފްސީލުތައް ފަސޭހައިން ބެލޭނެ ޑޭޓާބޭހެއް، ގާނޫނީ ވަކީލް މަރިޔަމް ޝުނާނާގެ ލޯ ފާމުން ތައާރަފް ކޮށްފިއެވެ.
Advertisement

މި ޑޭޓާބޭސް ލޯންޗުކޮށްދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އެވެ.

ސުނާނާ ލޯ ފާރމުން ހާމަކޮށްފައިވާ ގޮތުގައި، "ޝުނާނާ.ލޯ" އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް ކޮށްފައިވާ އެންމެހައި ހުކުމްތަކެއް އަދި ހައިކޯޓުގެ ފަހުގެ ހުކުމްތައް އަޕްލޯޑް ކުރެވިފައިވާނެއެވެ. އަދި، ޑޭޓާބޭސް މެދުވެރިކޮށް އެ ހުކުމްތަކުގެ ޓެކްސްޓްތައް ސާރޗްކުރެވޭނެއެވެ. އަދި، ވަކި ވަކި ފަނޑިޔާރުން ކޮށްފައިވާ ހުކުމްތަކާއި އެކި އެކި ބާވަތުގެ ހުކުމްތައް ފަސޭހައިން ބަލާލެވޭނެއެވެ. ހުކުމެއްގެ ހާލަތާއި، އަދި ހުކުމް ތެރޭގައި ކަނޑައެޅިފައިވާ އުސޫލުތައް ފާހަގަވާނެ ނިޝާންތައް ބޭނުންކުރެވިފައިވާނެ ކަމަށް އެ ލޯފާމުން ބުނެފައި ވެއެވެ.  

ސުނާނާ ލޯ ފާރމުން ހާމަކޮށްފައިވާ ގޮތުގައި، ޑޭޓާބޭހުގައި ހިމެނޭ ޤާނޫނީ ބަސް ފޮތަކީ ޤާނޫނީ ބަސްތަކާއި އެ ބަސްތަކުގެ މާނަ ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ބައެއް ކަމަށާއި ޤާނޫނުތަކުގައި، އަދި ޝަރުއީ ކޯޓުތަކުގެ ހުކުމްތަކާއި އެކި އެކި ލޯ ޑިކްޝަނަރީތަކުގައި ބަސް ބޭނުންކޮށްފައިވާ ގޮތް ހިމެނިފައިވާނެ ކަމަށެވެ. 

ޤާނޫނީ ޑޭޓާބޭހުގެ އިތުރުން، "ވަޒީފާއާބެހޭ ޤާނޫނީ އުސޫލުތައް" މި ނަމުގައި ފޮތެއް ވެސް ޝުނާނާ ވަނީ ނެރުއްވާފައިވެއެވެ. މި ފޮތުގައި ހިމެނިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަހުގެ އަދި މުހިންމު ޤަޟިއްޔާތަކުގައި ވަޒީފާއާބެހޭ ޤާނޫނު މާނަކޮށްފައިވާ ގޮތާއި ވަޒީފާއާބެހޭ އެކި އެކި އުޞޫލުތައް ކަނޑައަޅާފައިވާ ގޮތެވެ. 

މި ފޮތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދުތައް މާނަކުރައްވާފައިވާ ގޮތާއި ވަޒީފާއާބެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅާފައިވާގޮތް ފަސޭހައިން ދެނެގަތުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ފޮތެއް ކަމަށާއި މި ފޮތުގައި އެކިއެކި ޤަޟިއްޔާތަކުގައިވާ އުޞޫލުތައް ދިރާސާކޮށް، އެ އުޞޫލުތައް އަޅާ ކިޔައި، އޭގައި ހުރި ތަފާތުތައް ދެނެގަނެ، ފަސޭހައިން މީހުންނަށް ފަހްމުވާނެ ގޮތަށް ޤާނޫނީ އުޞޫލުތައް ތަރުތީބުކުރެވިފައިވާނެ ކަމަށް އެފާމުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް