
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީއެވެ. އުމުރުން ތިރީސް ހަތް އަހަރުގެ ޗެތްރީވަނީ ސާފް ޗެމްޕިއަންޝިޕުގައި މި ފަހަރު ފަސް މެޗުގައި ފަސް ލަނޑު ޖަހާފައެވެ. އޭގެ ތެރޭގައި ރާއްޖެ ކޮޅަށް ޖެހި ދެ ލަނޑުވެސް ހިމެނެއެވެ.
ފަސް ލަނޑާއެކު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެތްރީ ބުނީ މި މުބާރާތުން އެންމެ ބޮޑު ކާމިޔާބަކީ ޒުވާން ކުޅުންތެރިންތަކެއް އިންޑިޔާ ޓީމުން ފުރުސަތު ހޯދައި މޮޅު ކުޅުމެއް ދެއްކި ދެއްކުން ކަމަށެވެ.
ބެންގަލޫރު އެފްސީއަށް ކުޅޭ ޗެތްރީ މި މުބާރާތުގައި ޖެހި ފަސް ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދުވަނީ އަށްޑިހައަށް އަރާފައެވެ. ޗެތްރީގެ މޮޅު ކުޅުމާއި އެކު އޭނާއަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އިރު އޭނާވަނީ ދެހާސް އެގާރަވަނަ އަހަރު އަދި ދެހާސް ފަނަރަވަނަ އަހަރުވެސް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.