“ގަދަރު 2” ގެ އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާ މިހާރު އޮތީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
ކުރީގެ ފިލްމުން ފެނުނު ސަނީ އަދި އަމީޝާ މި ސީކްއެލް އިން ވެސް ފެންނަ އިރު އެމީހުންގެ ދަރިފުޅުގެ ރޯލު ކުޅުނު އުތުކާޝްގެ ވަރަށް މުހިއްމު ރޯލެއް “ގަދަރު 2” ގައި ވެސް ފެންނާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
ފިލްމުގެ މޯޝަން ޕޯސްޓަރު މިހާރު އާންމުކޮށްފައިވާއިރު އެ ފިލްމު ޕްރޮޑިއުސްކުރަނީ އަނިލް ޝަރްމާއެވެ.
“ގަދަރު”ގެ ސީކްއެލްއެއް ގެނެސްދޭތީ އަމީޝާ އަދި ސަނީ ވެސް ތިބީ ވަރަށް އުފަލުން ކަމަށް ހަބަރުތައް ބުނެ އެވެ. ސަބަބަކީ އޭރު އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބި ބެލުންތެރިން އެ ފިލްމު ބަލައިގަނެފައިވާތީ އެވެ.
ވިހި އަހަރު ފަހުން އެ ފިލްމުގެ ދެވަނަ ބައި ގެނެސްދެން ނިންމި ނަމަވެސް ފިލްމާއި ބެހޭ ގިނަ ވާހަކަތައް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.
“ގަދަރު 2” އަންމަ އަހަރު ސިނަމާތަކަށް ގެންނަން އަމާޒުހިފާފައި ވީ ނަމަވެސް ފިލްމު ރިލީޒްކުރާނީ ސީދާ ކޮން ތާރީހެއްގައި ކަމެއް އަދި ނާންގައެވެ.