ads
ގއ.ކޮނޑޭ: އާބާދީ އިތުރު ކުރުމަށްޓަކައި ރަށުން ބޭރު މީހުންނަށް ގޯތި ދޫކުރުމަށްވަނީ ނިންމާފައި
އާބާދީ އިތުރު ކުރުމަށްޓަކައި، ރަށުން ބޭރު މީހުންނަށް ކޮނޑޭއިން ގޯތި ދޫކުރަނީ
ގއ ކޮނޑޭ އިން ގޯއްޗަށް ޝައުގުވެރިވާ ރަށުންބޭރު ފަރާތްތަކަށް 3000 އަކަފޫޓުގެ ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
Advertisement

އާބާދީގައި 589 މީހުން ދިރިއުޅޭ ކޮނޑޭ އަކީ 118 ހެކްޓަރުގެ ބިންބޮޑު ރަށެކެވެ.

ކޮޑޭ ކައުންސިލްގެ ރައީސް އަހްމަދު އަބްދުލް ހަކީމް ސީ އެން އެމް އަށް ވިދާޅުވީ ކޮނޑޭގެ ތަރައްގީ އަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ  އާބާދީ މަދުވުން ކަމުގަ އެވެ. އެނާ ވިދާޅުވީ ރަށުން ބޭރު ފަރާތްތަކަށް ގޯތިދޫކުރުން އެއީ ކައުންސިލުން އާބާދީ ބޮޑުކުރުމަށް ކުރާ މުހިއްމު މަސައްކަތެއް ކަމަށެވެ.

" ކޮންމެ މީހަކުވެސް ގުޅަނީ ރައީސަށް ގޯތި ހޯދުމަށް. އެހެންވެ އަޅުގަނޑުމެން މިހުޅުވާލީ އެންމެނަށް ކުރިމަތިލެވޭ ގޮތަށް. މިހާތަނަށް ރަށުން ބޭރުން 45 މީހަކު ގޯއްޗަށް ވަނީ އެދިފައި" ކޮންޑޭ ކައުންސިލް ރައީސް ވިދާޅުވީއެވެ. 

ގޯތިދޫކުރުމަށް ކޮނޑޭ ކައުންސިލުން ނިންމާފައިވަނީ ރަށު ސްކޫލާ ކައިރިން އުތުރުފަރާތުގައިވާ ހުސްބިމުންނެވެ. އަދި އަމޭން މޯލްޑިވްސް ފްރައިވެޓް ލިމިޓެޑް އާ ހަދަން ހަވާލުކޮށްފައިވާ މިސްކިތާވެސް ކައިރިން ކަމަށް ، އަހްމަދު ވިދާޅުވި އެވެ.

ކޮނޑޭ ކައުންސިލުން ވިދާޅުވީ ކޮންމެ ކައުނސިލަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ތާށިކަން ކަމަށެވެ. އަމިއްލައަށް ހިންގުމަށް ފުރުސަތު ލިބުމުން އެމައްސަލަ ހައްލު ވެގެން ދާނެ ކަމަށްވެސް އެކައުންސިލުން ބުނެއެވެ. އަހުމަދު ވިދާޅުވީ އެރަށުން ޓޫރިޒަމަށް ބިންތައް ދޫކުރަން ފަށާނެ ކަމަށާއި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމަށްވެސް ކައުންސިލްގެ ޕްލޭން ގައި ހިމަނާފައިވާނެ ކަމަށެވެ. އޭރުން ބަޖެޓުގެ ދަތިކަން ހައްލު ކުރެވި ރަށަށް ބޭނުންވާ ކަންކަން ފުރިހަމަ ވެގެން ދާނެ ކަމަށެވެ.

މިވަގުތު ގޯއްޗަށް ޝައުގުވެރިކަން ހުރިފަރާތްތްތަކަށް ކައުންސިލުން ފުރުސަތު ހުޅުވާ ލާފައި ވިޔަސް ގޯތިދޫކުރަން ފަށާނީ އަންނަ  އަހަރު ކަމަށްވެސް ކޮނޑޭ ކައުންސިލުން ބުނެ އެވެ.

85%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް