ads
ވިކްރަމް ވޭދާގެ ތަރިން…
"ވިކްރަމް ވޭދާ" ގެ ޝޫޓިން ފެށިގެން ކުރިއަށްދަނީ!
ކުޅަދާނަ ޑައިރެކްޓަރު ޕުޝްކާރް-ގަޔަތުރީ ޑައިރެކްޓްކުރާ "ވިކްރަމް ވޭދާ" ގެ ޝޫޓިން ފަށައިގެން ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެފިއެވެ.

އެ ފިލްމުގެ ލީޑު ރޯލު ކުޅެނީ ރިތިކް ރޯޝަން އެވެ. އޭނާ އާއެކު ދެން ފެންނާނީ ސައިފް އަލީ ހާން އެވެ. 

ހަބަރުތައް ބުނާ ގޮތުގައި "ވިކްރަމް ވޭދާ" ގައި ރިތިކް ކުޅޭނީ ވޭދާ ކިޔާ ގޭންގްސްޓާރެއްގެ ރޯލެވެ. ސައިފް ފެންނާނީ ވިކްރަމްގެ ރޯލުންނެވެ.

މި ފިލްމުގެ ޝޫޓިންގައި ނަގާފައިވާ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާތަކުގެ ބައެއް ޕްލެޓްފޯމް ތަކުގައި ވެސް އަންނަނީ ދައުރުވަމުންނެވެ.

މި ފިލްމަކީ ރިތިކް ދެ އަހަރު ފަހުން ބޮލީވުޑްގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ "ސުޕާ 30" އާއޮ "ވޯ" އިންނެވެ.

ސައިފް އާއި ރިތިކްގެ މި އާ ފިލްމު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރ 30 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް