ފެނަކައިން ބުނީ ނަރުދޫގައި ތަރައްގީ ކުރެވުނު އާ އިންޖީނުގޭގެ ސަތޭކަ އިންސައްތަ މަސައްކަތް ނިމި ޖަނަރޭޓަރުތައް އާ އިންޖީނުގެއަށް ބަދަލުކޮށް މިހާރު ހިދުމަތްދޭން ފަށާއިފައިވާ ކަމަށެވެ.
ނަރުދޫގެ އާ އިންޖީނުގެ ނިމުނު އިރު ދާދި ފަހުން ވަނީ ބ އަތޮޅު މާޅޮހު އަދި ފުޅަދޫގެ އާ އިންޖީނުގޭގެ މަސައްކަތްތައް ނިމި އެތަން ތަނުން ހިދުމަތްދޭން ފަށާފައެވެ.
ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކުރީގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް އެކަހެރި ސަަރަހައްދުތަކަށް ބަދަލުކޮށް ތަރައްގީ ކުރުން އެއީ ފެނަކައިގެ ސިޔާސަތެކެވެ.