ads
ބަދަހި އަދި މާމުޑާގެ ކެޕްޓަނުން…
ބަދަހި ކައިރިން ބަލިވެ މާމުޑާ މުބާރާތުގެ ފުލަށް!
ހދ.މަކުނުދޫއިން: މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓުގައި މިއަދު "ބަދަހި" އަދި މާމުޑާ ބައްދަލުކުރި މެޗުގައި މާމުޑާ ކޮޅަށް 5 ލަނޑު ޖަހައި ބަދަހި މިއަދުގެ މެޗުން މޮޅުވެއްޖެއެވެ.
Advertisement

މިއަދުގެ މެޗުގައި ބަދަހި އިން ފަސް ގޯލު ޖެހި އިރު މާމުޑާ އަށް ޖެހުނީ ތިން ލަނޑެވެ.

މިއާއެކު މާމުޑާ މި ދިޔައީ މި މުބާރާތުގެ އެންމެ ފުލަށް ކަން ފާހަގަ ކޮށްލެވެއެވެ.

your imageބަދަހި އަދި މާމުޑާ ބައްދަލުކުރި މެޗު…

ފޯރިގަދަކޮށް ކުރިއަށްދާ މި މުބާރާތުގެ ޒައިޒީ އަދި ސްޕިރިޓް އިން ވަނީ ކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައެވެ.

މިހާރުގެ ނަތީޖާ އަށް ބަލާއިރު މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ޒައިޒީ އަދި ސްޕިރިޓް އެވެ.

ޒައިޒީ އަދި ސްޕިރިޓް ބައްދަލުކުރާ މެޗު މިހާރު ފެށިގެން ދަނީ ކުރިއަށެވެ.

މަކުނުދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:30 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް