ads
މީގެ ކުރިން އަޑިއަށް ދިޔަ ލޯންޗެއް ފުންކުރަނީ--
ސަލާމަތީ ކަންކަން ފުރިހަމަނުވާ އުޅަނދުތަކުގެ ސީވާދިނަސް ބާތިލް ކުރަނީ
ކަނޑުއުޅަނދުތަކުގައި ހުންނަން ޖެހޭ ސަލާމަތީ އާލަތްތައް ހަމަނުވާ ނަމަ އެ އުޅަނދެއް ސީވާދިނަސް ބާތިލް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގައިވާ ކަންތައްތައް 16 ޖެނުއަރީ 2021 ގެ ކުރިން ފުރިހަމަ ކުރުމަށް އަންގާ އިޢުލާން ކުރާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ގަވާއިދުގައިވާ ކަންކަން ފުރިހަނުވާ އަޅަނދުތަކުގެ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރާނެ ކަމަށް ބުނެފައިވެއެވެ. 

އެގޮތުން އުޅަދެއްގައި އޮންނަންޖެހޭ "އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް" ހެއްދުން، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް، "ސުވޭޖް ސެޓްފިކެޓް، "އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން" ހިމެނެއެވެ. 

އަދި ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ ގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޤަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮންނަން ޖެހެއެވެ. 

އުޅަދުތަކުގައި ބޮޔަންޓް އެޕަރޭޓަސް އާއި ވެސެލް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭއިރު އުޅަނދުގެ މެނިފެސްޓް އެނގެން އޮންނަން ޖެހެއެވެ. 

ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހަޅަން ޖެހޭނެ އެވެ. އަދި މުއާސަލާތީ އާލާތްތައް ހުންނަން ޖެހޭނެ އެވެ. 

އޭގެ އިތުރުން ގަވާއިދުގައި އަންގާފައިވާ މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުންނަން ޖެހޭނެ އެވެ. 

މީގެ ކުރިން ވެސް ޓްރާންޕޯޓު އޮތޯރިޓީން ކަނޑުމަތީ ހާދިސާތައް ހިނގާ ދުވަސްވަރު މިހެން ގަވާއިދުތައް ހަރުކަށިކޮށް އިއުލާންކުރެއެވެ. ނަމަވެސް އެކަންކަން އަމަލުކުރޭތޯ މޮނީޓާ ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް