އާރިޔަން ހައްޔަރުކުރި ފަހުން ޝާހްރުކް އަދި އާއިލާއިން ހަމަޖެހިލައިގެން ނިދާލައިފަވެސް ނުވެއެވެ.
އެއްވެސް ކަހަލަ އޮކޭޝަންއެއް ފާހަގަކޮށްފައިނުވާ އިރު ގޯރީ ވަނީ ގޭގެ ކާ އެއްޗަށް ވެސް ބަދަލު ގެނެސްފަ އެވެ.
އެގޮތުން އިންޑިއާޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި ޝާހްރުކްގެ ގެ މަންނަތުގެ ސްޓާފުން އެ ގޭގައި ފޮނި އެއްޗެއް ތައްޔާރު ކުރަނިކޮށް ގޯރީއަށް ފެނިގެން އޭނާ ވަނީ އެކަން ހުއްޓުވާފަ އެވެ.
މަންނަތުގެ ސްޓާފުންނަށް ގޯރީ ވަނީ އާރިޔަންއަށް ބެއިލް ނުލިބެނީސް ގޭގައި ފޮނި ކާއެއްޗެހި ހެދުން މަނާކޮށްފަ އެވެ.
އާރިޔަން މި މަހުގެ 20 ވަނަ ދުވަހާ ޖެހެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު އެ މައްސަލައިގެ އަޑުއެހުމެއް މިއަދު އޮންނާނެ އެވެ.