ads
އައީސް ސޯލިހު : މިއަދު ފުރާ ވަޑައިގަނަނަވަނީ ފޮޓޯ ރައީސް އޮފީސް
އއ އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފި އެވެ.

މިގޮތުން އެމަނިކުފާނު ދަތުރުފުޅުކުރައްވަން ހަމަޖެހިފައިވަނީ އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށެވެ.

މިރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސް ވަކި ވަކި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސް ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައި ލެއްވުމަށާއި، ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވުމަށާއި، ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވުމަށާއި، ހިމެންދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށް ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް