ads
އިންޑިޔާގެ ކީޕަރު ގުޕްރީތް ސިންގް
ރާއްޖެއަކީ ވަރަށް އަރާމުތަނެއް، އަބަދުވެސް ދާހިތްވޭ
ރާއްޖެއަކީ ވަރަށް އަރާމު ތަނެއް ކަމަށާއި، އަބަދުވެސް ރާއްޖެއަށް ދާ ހިތްވާ ކަމަށް އިންޑިޔާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ގުޕްރީތް ސިންގ ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު އެނބުރި އިންޑިޔާއަށް ގޮސް ކަރަންޓީނުގައި މި ވަގުތު ހުރީ ގުޕްރީތް މިހެން ބުނީ، ކަރަންޓީނުގައި ހުރެ ޓްވިޓަރ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ކިއު އެންޑް އޭ ޕްރޮގްރާމެއްގައި ކުރި ޓްވީޓެއްގައެވެ. 

ރާއްޖެއަކީ ވަރަށް ހިތްގައިމު ތަނެއް އަދި ދިވެހިންނަކީ ވަރަށް ހިތް ހެޔޮ، އަބަދުވެސް އަހަރުމެންނަށް މަރުހަބާ ކިޔާ ބައެއް. އަބަދުވެސް ރާއްޖެއަށް އަހަރެން ވަރަށް ދާ ހިތްވޭ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިންޑިޔާ ޓީމުގެ ގޯލް ކީޕަރުވަނީ ގައުމީ ޓީމުގެ އިތުރުން ކްލަބު ލެވެލްގެ މެޗުތަކަށްވެސް އެތައް ފަހަރަކު ރާއްޖެ އައިސް ރާއްކޭގައި ކުޅެފައެވެ. 

ދާދި ފަހުން މާލޭގައި އޮތް އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތަކަށްވެސް، އިންޑިޔާގެ ބެންގަލޫރު އެފްސީއަށް ކުޅޭ ގުޕްރީތް ސިންގް މާލެ އައެވެ. އޭގެ ކުރިންވެސް އޭއެފްސީ ކަޕުގެ މެޗުތަކަށް އެކި ފަހަރު މަތިން އޭނާ ރާއްޖެއަަށް އައެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް މޮޅު ކުޅުމެއް ކުޅުނު ގުޕްރީތް ސިންގްވަނީ ބައެއް މެޗުތަކުގައި ކެޕްޓަން ސުނިލް ޗެތްރީ ބަދަލު ކުރުމުން ކެޕްޓަން ބޭންޑް އަޅައިގެންވެސް ކުޅެފައެވެ. ސާފް ޗެމްޕިއަންޝިޕުގައި ގުޕްރީތު ބެލެހެއްޓި އިންޑިޔާގެ ގޯލަށް ބަދެފައިވަނީ އެއްމެ ދެ ލަނޑެވެ. އޭގެ ތެރެއިން ފަހު ލަނޑަކީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއަކުން ދަގަނޑޭ އިންޑިޔާ ކޮޅަށް ޖެހި ލަނޑެވެ. 

13%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް