ads
އަޔުޝްމަން ތަރިތަކަށް ބަލަނީ--
އަޔުޝްމަން ރާއްޖޭގައި ތަރިތައް ބަލަނީ
މިދުވަސްވަރަކީ ބޮލީވުޑްގެ ގިނަ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ދުވަސްވަރެކެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑް ތަރިންގެ ލިސްޓަށް މިއަދު ވަނީ އަޔުޝްމަން ކުރާނާ ވެސް އިތުރުވެފައެވެ.

އަޔުޝްމަން ރާއްޖޭއަށް އައިސްފައިވާކަމަށް ބެލެވެނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަޔުޝްމަން އާ އަންހެނުން ތާހިރާ ކޭޝަޕް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު އަޔުޝްމަން އަންނަނީ ސޯޝަލް މީޑިއާގައި ރާއްޖޭގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުންނެވެ. 

އެގޮތުން އަޔުޝްމަން ވަނީ މިރޭގެ ވަގުތެއްގައި ޓެލެސްކޯޕެއް ބޭނުންކޮށްގެން ތަރިތައް ބަލާ މަންޒަރު އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އަޔުޝްމަންގެ އެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރުމާއެކު ރާއްޖެއަށް ވަރަށް ގިނައިން ޗުއްޓީ ހޭދަކުރަމުން އަންނަ ޝްރައްދާ ކަޕޫރު ވެސް ވަނީ "ވަރަށް ރީތި" ކަަމަށް ބުނެ ކޮމެންޓްކޮށްފައެވެ. 

އެ ޕޯސްޓާއެކު އަޔުޝްމަން ވަނީ މިފަހަކަށް އައިސް ހަނދަށް ބެލިތޯ ފޭނުންނާ ސުވާލުކޮށްފައެވެ. އަދި ޓެލެސްކޯޕުން ހަނދު ފެންނަނީ ވަރަށް އަލިގަދަކޮށް ކަމަށް އޭނާ ބުނެއެވެ. 

އަދި ޖުޕިޓާގެ 79 ހަނދުގެ ތެރެއިން ހަތަރު ހަނދުވެސް ޓެލެސްކޯޕް ބޭނުންކޮށްގެން ބެލި ކަމަށާއި ސެޓާންގެ ވަށް ބޮޅު ވެސް ފެނުނު ކަމަށް އަޔުޝްމަން ބުނެެއެވެ. 

ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އަންނަ އަޔުޝްމަން ބުނީ ފަލަކީ އިލްމުވެރިއަކަށް ވާން ބޭނުންވާ ރާއްޖޭގެ ރިސޯޓެއްގެ މުވައްޒަފަކު އޭނާއަށް ގިނަ ކަންކަން ކިޔާދީފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް