ބުދަ ދުވަހު އޮތް އަޑުއެހުމުގައި އެ މައްސަލަ ބެލި ފަނޑިޔާރު ވަނީ އާރިޔަން ކަފާލާތުގެ ދަށުން ދޫކުރުމަށް ނުފެންނަ ކަމަށް ނިންމައިފަ އެވެ.
ފުލުހުން އާރިޔަން އާދެކޮޅަށް ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ޑްރަގް ޕެޑްލަރުން ކަމަށް ބުނާ ބަޔަކާއެކީ ވަޓްސްއެޕުން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށް ބުނާ ޗެޓް ލޮގްތަކެއް ހިމެނެއެވެ.
އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާ ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން މަމްބާއީގެ ބޭރުގައި އޮތް އިންޓަނޭޝަނަލް ކުރުޒް ޝިޕެއްގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެ އޮޕަރޭޝަންގައި އާރިޔަން އާއެކު ހައްޔަރުކުރި ބައެއް މީހުން އަތުން ޑްރަގްސް ފެނިފައިވީ ނަމަވެސް އާރިޔަން އަތުން ޑްރަގް ފެނިފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.