އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ އެކަން ކުރަން ޖެހެނީ އެފަދަ ރަށްރަށް އޮންނަން ޖެހޭނީ ސާފު ތާހިރު ކަޮށް ކަމަށާއި، ތިމާވެއްޓާ ގުޅުން ހުރި ވަރަށޤ ގިނަ ކަންކަން ވެސް އެފަދަ ރަށްރަށުގައި ކުރަން ޖެހޭނޭތީ ކަމަށެވެ. އެހެންވެ އެކައުންސިލުން ހުށަހެޅީކަމަށެވެ.
ޝައުކަތު ވިދާޅުވީ އެހުށަހެޅުމާ ގުޅިގެން އެއީ އެކަން އޮންނަން ޖެހޭ ގޮތްކަން ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
ރޭ އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އުކުޅަހު ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދަވާ އެބޭފުޅުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އުކުޅަސް ފަދަ އާމްދަނީ ހޯދުމަށް ފަތުރުވެރިކަމަށް ބަރޯސާވާ ރަށްތަކަށް ކަމަށް ވިދާޅުވެފަ އެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވަނީ ސަރުކާރާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑް އިން އަރައިގަނެވޭނެކަމުގެ އުންމީދު އޮތް ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ރާއްޖެ ހިމެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އުކުޅަހު ކައުންސިލުން ރަށުގެ ތަރައްޤީއަށް ބޭނުންވާކަމަށް ފާހަގަ ކުރައްވާފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާ ލައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަނގަޅު ފެރީ ޓަރމިނަލެއް ބޭނުންވާ ކަމަށާއި، މިކަންކަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވެފަ އެވެ. އަދި، ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އުކުޅަހު މަގުހެދުމުގެ މަޝްރޫޢު އަަދި މި އަހަރުގެ ބަޖެޓުގައި ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމަނައިގެން ކުރިޔަށްގެންދަވަމުންދާކަމުގައި ވިދާޅުވެފަ އެވެ.
އުކުޅަހު ރައްޔިތުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސްއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ރަށުގެ ރައްޔިތުން ވަނީ ސްކޫލްގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތަކާއި، ކުޅިވަރު އިންފްރާސްޓްރަކްޗަރތަކުގެ މަޢުލޫމާތު ތަފްޞީލީގޮތަކަށް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެެވެ. މީގެ އިތުރުން ވެސް ބިން ހިއްކުމުގެ މަޝްރޫޢާ ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮނޑުވުމާ ގުޅިގެން ކެބިނެޓް ބައެއް މިނިސްޓަރުންނާ އަދި ރައީސް ވަނީ، މި ބައްދަލުވުމުގައި މަޝްވަރާކުރައްވާ ޖަވާބުދާރީވެ ވަޑައިގެންފަ އެވެ.
މިގޮތުން އެމަނިކުފާނު ވަނީ އުކުޅަހުގެ ތަރައްޤީއަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުން ހުށަހެޅުއްވި ކަން ކަން ވިސްނުމުގައި ބަހައްޓަވައިގެން ކަންކަން ކުރިޔަށްގެންދާވާނެކަމުގައި ވިދާޅުވެފަ އެވެ.
ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އުކުޅަހުގެ ވިޔަފާރިވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތަކާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދިމާވާ ދަތިތައް ވެސް އޮޅުން ފިލުއްވާފަ އެވެ. އެ ބޭފުޅުން ހުށަހެޅުއްވި މައިގަނޑު ކަންކަމުގެ ތެރޭގައި ޔުޓިލިޓީޒް އަށް ނަގާ ޓެރިފް ބޮޑުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާއި ވިޔަފާރިތައް ހިންގުމަށް ނަގާ ލޯނުގެ އިންޓްރެސްޓާ ގުޅޭގޮތުންހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައި ވެއެވެ. މީގެ އިތުރުން ވެސް ބިޒްނަސް ކޮމިއުނިޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލްއެއް ވަނީ ރައީސް އަރުވާފަ އެވެ.
ރައީސް އުކުޅަހަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް އިއްޔެ ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަ ވައެވެ.