 
                                                                                                
                    އއ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަން ޖެހެނީ އަގު ހެޔޮކޮށް ލިބޭ ޑޮކްޓަރުން ކަމަށެވެ.
" ސްޕެޝަލިސްޓަށް މިދެނީ 3000 ( ތިންހާސް ) ޑޮލަރު. އެއީ މިސަރަހައްދުގެ އެންމެ ކުޑަ މުސާރަ. އެހެން ކަމުން ރާއްޖެއަށް ގެންނަން ޖެހެނީ އަގުހެޔޮކޮށް ލިބޭ ޑޮކްޓަރުން " ރައީސް ވިދާޅުވިއެވެ.
2021 ވަނަ އަހަރަށް ތައްޔާރު ކުރަމުންދާ ބަޖެޓު މަސައްކަތުގައި ޑޮކޮޓަރުންނާއި، މުދައްރިސުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެޑިޔުކޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ތަފްސީލް ފަހުން ހާމަ ކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.