ads
ސޫދާނަށް އެހީގެ ގޮތުގައި ވެކްސިން ފޯރު ކޮށްދެނީ
ކޮވިޑްގެ ބަލިމަޑުކަން 2022އާ ހަމައަށް ދިގުދެމިގެންދާނެ: ޑަބްލިއު އެޗް އޯ
ބީބީސީ: ފަގީރުގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިން ފޯރު ކޮށްދެވިފައި ނުވާތީ އިތުރު އެއްއަހަރަށް ކޮވިޑްގެ ބަލިމަޑުކަން ދިގުދެމިގެން ދާނެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއު އެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ސީނިއާ ލީޑަރެއް ކަމަށްވާ ޑރ ބްރޫސް އަލްވާޑް ވިދާޅުވީ 2022 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް މިބަލިމަޑުކަން ދެމިގެން ދާނެ ކަމަށެވެ. 

ދުނިޔޭގެ ގިނަ ގައުމުތަކުގައި 40 އިންސައްތަ މީހުނަށް ވެކްސިން ޖަހާފައިވާއިރު، އެފްރިކާގެ ބައްރުގެ އާބާދީގެ އެންމެ ފަސް އިންސައްތަ އަށްވެސް ވެކްސިން ޖެހިފައި ނުވެއެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް ދުނިޔޭގެ ގައުމުތަކަށް ދިހަ މިލިޔަން ވެކްސިން ފޯރުކޮށްދީފައިވެއެވެ. އެގައުމުން 100މިލިޔަން ވެކްސިން ފަގީރު ގައުމުތަކަށް ދޭނެ ކަމަށް ބުނެފައިވެއވެ. 

ވެކްސިން އުފެއްދުމުގައި ފަގީރު ގައުމުތަކަށް އިސްކަން ދެވޭނެ އުސޫލެއްގެ ދަށުން ވިސްނުން ބެހެއްޓުމަށް މުއްސަނދި ގައުމުތަކަށް ޑރ އެޑްވަޑް ވަނީ ގޮވާލާފައެވެ. 

އޭނާ ވިދާޅުވީ އެހެން އެކަން ނުކޮށްފި ނަމަ އިތުރަށް އަހަރެއްހާ ދުވަހަކަށް ޕެންޑަމިކް ދިގުދެމިގެން ހިނގައި ދާނެ ކަމަށެވެ. 

ކޮވިޑް ވެކްސިންގެ ބޮޑު އަދަދެއް ދީފައިވަނީ މުއްސަނދި ގައުމުތަކަށެވެ. އެފްރިކާގެ ގައުމުތަކަށް ދީފައިވަނީ ދުނިޔޭގައި ދައުރުވި ވެކްސިންގެ އެމްެ 2.6 އިންސައްތަ ވެކްސިން ކަމަށް އެހީ ދޭ ޖަމާއަތެއްކަމަށްވާ ދަ ޕީޕަލްސް ވެކްސިން އެލަޔަންސް އިން ބުނެފައިވެއެވެ.

ދުނިޔޭގެ އެހީދޭ ޖަމާއަތްތައް ކަމަށްވާ އޮކްސްފާމް އަދި ޔޫއެން އެއިޑް އިން ވަނީ ބޮޑެތި ގައުމުތަކުން ކަންކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން އިނގިރޭސިވިލާތާއި، ކެނެޑާއިން އދގެ އެހީ ހޯދައިގެން އުފެއްދި ވެކްސިންގެ ގިނަ އަދަދެއްގެ ވެކްސިން އިންސާފުން ބޭރުން އެގައުމުތަކަށް އެކަނި ނަގާފައިވާތީ ވަނީ ފާޑު ކިޔާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް