އިނގިރޭސި ވިލާތުން ފުރަތަމަ ފެނުނު ޑެލްޓާ ވެރިއަންޓްގެ އާ ސްޓްރެއިން އެމެރިކާއިން ވެސް މިހާރު ފެނިފައިވާ ކަމަށް އެމެރިކާގެ ސިއްހީ އޮފިޝަލުން ބުނެއެވެ.
މި އާ ވެރިއަންޓަކީ ޑެލްޓާ ވެރިއަންޓަށްވުރެ 10 އިންސައްތަ އާއި 15 އިންސައްތަ ހަލުވިކަމާއެކު ފެތުރޭ ވެރިއަންޓެއް ކަމަށް އިނގިރޭސި ސިއްހީ މާހިރުން ބުނެއެވެ. އަދި އެގައުމުން މިހާރު ރިޕޯޓްކުރާ ކޭސްތަކުގެ ބޮޑު ބަޔަކީ މި އާ ވެރިއަންޓްގެ ކޭސްތަކަކެވެ.
އޭވައި.4.2 ގެ ނަން ދެވިފައިވާ އާ ސްޓްރެއިންގެ 10 ކޭސް އެގައުމުން މިހާތަނަށް ފެނިފައިވާ ކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް(ސީޑީސީ) އިން ބުނެއެވެ.
ނަމަވެސް މިހާތަނަށް ކޭސްތައް ފެނިފައިވަނީ ކޮން ސްޓޭޓްތަކުން ކަމަށް ބުނެފައެއް ނުވެއެވެ.